އިއްޔެ ކުރުނބަލެއް 25، 30 އަދި 35 ލިބެން ހުރިއިރު، މިއަދު ކުރުނބާގެ އަގު ހުރީ 30 - 50 އާ ދެމެދުގެ އަގެއްގައެވެ. މިއަދު ދިވެހި އަނބު ކިލޯއެއް 100 ރުފިޔާއަށް ލިބެން ހުރިއިރު، އިއްޔެ ހުރީ 100 - 120 ރުފިޔާ އާ ދެމެދުގެ އަގެއްގައެެވެ. ބޭރު އަނބު ކިލޯއެއް އިއްޔެ ވިއްކާފައިވަނީ 140 ރުފިޔާއަށެވެ. މިއަދު އަނބު ކިލޯއެއް ވިއްކަމުންދަނީ 180 ރުފިޔާއަށެވެ.
މިއަދުގެ ބާޒާރުގެ އަގުތައް:
- ކަރާ - ކިލޯއެއް ލިބެން ހުރީ 20 - 25 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކުރުނބަލެއް - 30 - 50 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބެން އެބަހުރި
- ގަނބުޅިއެއް - 15 - 30 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބޭ
- މުރަނގަތޮޅި - ކިލޯއެއް ވިއްކަން ހުރީ 70 ރުފިޔާއަށް
- މިރުސް - ކިލޯއެއް ވިއްކަމުން ދަނީ 150 ރުފިޔާއަށް
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 100 ރުފިޔާއަށް
- ބޭރު އަނބު - ކިލޯއެއް ލިބެނީ 180 ރުފިޔާއަށް
- ކޮޕީ ފަތް - ތިން ފަތް 10 ރުފިޔާއަށް ލިބޭ
- ކުއްޅަފިލާ - ބޮނޑިއެއް ވިއްކަނީ 10 ރުފިޔާއަށް
- ލެޓިއުސް - ކިލޯއެއް ވިއްކަމުން ދަނީ 50 ރުފިޔާއަށް
- ބަަރަބޯ - ކިލޯއެއް ލިބެނީ 15 ރުފިޔާއަށް
- ލިނބޯ - ކިލޯއެއް ވިއްކަން ހުރީ 50 - 60 ރުފިޔާ އާ ދެމެދުގެ އަގަކަށް
ބާޒާރުގައި މަސް ވިއްކަން ހުރި އަގުތަކަށް ބަލާއިރު ކަންނެލި އަދި ކަނޑުމަހުގެ އަގު ވަނީ ދަށަށް ގޮސްފައިވާކަން ފާހަގަކުރެެވެއެވެ. އިއްޔެ ކަނޑުމަސް އަދި ކަންނެލި ކިލޯއެއް ވިއްކާފައިވަނީ 30 - 35 ރުފިޔާ އާ ދެމެދު އަގަކަށެވެ.
ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް ލިބެން ހުރީ 20 - 30 ރުފިޔާ އާ ދެމެދުގެ އަގަކަށް
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް،
- ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 160 ރުފިޔާއަށް
- އަލުވި ބަސްތާ ވިއްކަނީ 240 ރުފިޔާއަށް
- ބިސް ކޭހެއްގެ އަގަކީ 280 ރުފިޔާ
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
- އަލުވި ކިލޯއެއް - 11 ރުފިޔާއަށް
- ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
- ބިހެއް - 1.75 ރުފިޔާއަށް
ލިނބޯގެ އަގު އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާގެ އަގަކަށެވެ.