ރޭ އެލްޗޭ އަތުން ބާސާ މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މި މެޗުން ހޯދި މުހިއްމު ތިން ޕޮއިންޓާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 27 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ.
ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ބާސާއިން ކުޅެފައިވާއިރު ރިއާލްއާ ބާސާއާ ދެމެދު 15 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ރެއާލަށް 26 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު ރެއާލުން މިރޭ ކުޅޭ މެޗުގައި ރެއާލް ވަލޮޑޮލިޑް އަތުން މޮޅުވެއްޖެނަމަ ބާސެލޯނާއާ 12 ޕޮއިންޓަށް ގާތް ކުރެވޭނެއެވެ.
ރަށުން ބޭރުގައި ރޭ ބާސާއަށް ލީޑު ނަގައިދިނީ މެޗުގެ 20 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ލެވަންޑޯސްކީ އެވެ. ލެވެންޑޮސްކީ ފަހުންވެސް ލަނޑެއް ޖެހިއެވެ. ބާސާގެ އަނެއް ދެ ލަނޑު ޖެހީ އަންސޫ ފާޓީ އަދި ފެރާން ޓޮރޭޒް އެވެ.