ads
ވިލާ ނޮޓިކާގެ މޫދު ކޮޓަރިއެއް: ޕެރަޑައިސް އައިލެންޑް ރިސޯޓު ރީބްރޭންޑްކޮށް، 'ވިލާ ނޮޓިކާ' އަށް ވަނީ ބަދަލުކޮށްފައި - ފޮޓޯ:ވިލާ ނޮޓިކާ
ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އާއެކު ސަން އާއި ޕެރަޑައިސް އައިލެންޑް ރީބްރޭންޑްކޮށްފި
ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އާއެކު ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ނަން ބަދަލުކޮށް ރީބްރޭންޑްކޮށްފިއެވެ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ރީބްރޭންޑުކޮށް، 'ވިލާ ރިސޯޓްސް' ގެ ނަމަށް ބަދަލުކޮށްފައިވަނީ އިއްޔެއެވެ. އެ އާއެކު، އެ ކުންފުނީގެ ދަށުން ހިންގަމުންދާ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ނަން 'ވިލާ ނޮޓިކާ' އަށް އަދި ސަން އައިލެންޑްގެ ނަން 'ވިލާ ޕާކް' އަށް ވަނީ ބަދަލުކޮށްފައެވެ.

'ވިލާ ރިސޯޓްސް' އިން ވަނީ އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ ތަރައްގީކުރުމަށް ފަހު އަލުން ހުޅުވާއިރު 'ވިލާ ހެވަން' ގެ ނަމުގައި ހުޅުވުމަށް ނިންމާފައެވެ. އެ ރިސޯޓް ހުޅުވުމަށް ނިންމާފައިވަނީ މި އަހަރުގެ ފަހުކޮޅުއެވެ.

އެ ރިސޯޓުގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ 'ވިލާ ވިލެޖު' ގެ ނަމުގައި 2025 ވަނަ އަހަރު ހުޅުވުމަށް ނިންމާފައިވާއިރު، ފަން އައިލެންޑް ރިސޯޓް އެންޑް ސްޕާ ތަރައްގީކުރުމަށް ފަހު، މަތީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި 2027 ވަނަ އަހަރު ހުޅުވުމަށް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އެ ކަމާ ގުޅޭ ތަފްސީލެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

'ވިލާ ރިސޯޓްސް' އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ދަށުން އިތުރު ދެ ރިސޯޓެއް ދަނީ ހަދަމުންނެވެ. ތިމާވެއްޓާ ރަށްޓެހި ކޮންސެޕްޓަކަށް ރ. މާނެންފުށީގައި ރިސޯޓެއް ތަރައްގީކުރަމުން އަންނައިރު، ރިސޯޓެއްގެ ގޮތުގައި ދެން ތަރައްގީކުރަމުން އަންނަ ރަށުގެ ތަފްސީލެއް އެ ކުންފުނީގެ ފަރާތުން ހާމަކޮށްފައެއްނުވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް