މި ދެ ޕްރޮޖެކްޓަކީވެސް ޗައިނާއިން ރާއްޖޭގައި ހިންގާފައިވާ ދެ މަޝްރޫއެވެ. ދާރުލް އާސާރަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ޗައިނާ އެއިޑްގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ލޯނާއި ހިލޭ އެހީގެ ދަށުން ހިންގި ސިނަމާލެ ބްރިޖް މަޝްރޫއު ނިމުމަށްފަހުވެސް މެއިންޓަނެންސްގެ މަސައްކަތް ކުރަމުން ގެންދިޔައީ ޗައިނާއިންނެވެ.
ނަމަވެސް ބްރިޖްގެ މެއިންޓަނެންސް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ބްރިޖް މެއިންޓަނެންސް މަސައްކަތް ވަނީ މަޑުޖެހިފައެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ރާއްޖެގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.