އިއްޔެ ދިވެހި އަނބު ކިލޯއެއް 100 ރުފިޔާއަށް ލިބެން ހުރިއިރު، މިއަދު އަނބު ކިލޯއެއް 90 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. މިއަދު ކުއްޅަފިލާ ފަތް ބޮނޑިއެއް 15 ރުފިޔާއަށް ވިއްކަން ހުރިއިރު، އިއްޔެ ހުރީ 10 ރުފިޔާއަށެވެ. ލެޓިއުސް ކިލޯއެއް 50 ރުފިޔާއަށް އިއްޔެ ވިއްކިއިރު، މިއަދު ވިއްކަމުން ދަނީ 80 ރުފިޔާއަށެވެ. އިއްޔެ ބަރަބޯ ކިލޯއެއް ވިއްކާފައިވަނީ 15 ރުފިޔާއަށެވެ. މިއަދު ބަރަބޯ ކިލޯއެއް ވިއްކަމުންދަނީ 20 ރުފިޔާއަށެވެ.
މިއަދުގެ ބާޒާރުގެ އަގުތައް:
ބާޒާރުގައި މަސް ވިއްކަން ހުރި އަގުތަކަށް ބަލާއިރު ކަންނެލި އަދި ކަނޑުމަހުގެ އަގު މައްޗަށް ގޮސްފައިވާކަން ފާހަގަކުރެެވެއެވެ. އިއްޔެ ކަނޑުމަސް އަދި ކަންނެލި ކިލޯއެއް ވިއްކާފައިވަނީ 20 - 30 ރުފިޔާ އާ ދެމެދު އަގަކަށެވެ.
ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
ކަންނެލި އަދި ކަނޑުމަސް ކިލޯއެއް ވިއްކަމުން ދަނީ 25، 30 އަދި 35 ރުފިޔާއަށް. އިއްޔެ ވިއްކާފައިވަނީ 20 - 30 ރުފިޔާއަށް - ފޮޓޯ:ސީއެންއެމް
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް،
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
ލިނބޯގެ އަގު އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާގެ އަގަކަށެވެ.