ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު އައްޑޫ ސިޓީން ކުޑަ ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މީގެއިތުރުން ޝައްކު ކުރެވޭ އެހެން ކޭސްއެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަރުހަލާ ކުރިއަށްދާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ނަމަވެސް މި ދެ ކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު ފަހަނަ އަޅާފައިވާތީ ދެކުދިންގެ ފަރާތުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ.