ސީއެންއެމްގެ "ރޯދައިގެ ހަނދުމަ" ސީރީޒް އަށް ދިން އިންޓަވިއުއެއްގައި ސްޓޭޓް އެޓާނީއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ޒަަޔާން މި މިހެން ބުނީ އޭނާއަށް ރޯދަވީއްލަން ކަމުދާ ތަކެއްޗާ ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ.
މިގޮތުން ޒަޔާން ބުނީ އޭނާ ޝޯޝަލް މީޑިއާގަވެސް "އަންޕޮޕިއުލާ އޮޕީނިއަންއެއްގެ" ގޮތުގައި ހަވާދުލީ ބިހަށްވުރެ ކަޓުލަސް ކަމުދާކަމަށް ބުނިންކަމަށެވެ. ނަމަވެސް ގިނަ ބަަޔަކަށް ކަމުދަނީ ހަވާދުލީ ބިސްކަމަށް ވެސް ޒަޔާން ބުންޏެވެ.
ޒަޔާން ވަނީ އޭނާގެ ކުޑައިރު ރޯދަމަހުގެ ހަނދާންތައް ވެސް ސީއެންއެމްއާ ހިއްސާކޮށްފައެވެ. ޒަޔާންގެ "ރޯދައިގެ ހަނދުމަ" ބައްލަވާލެއްވުމަށް މި އާޓިކަލްއާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވަލައްވާށެވެ.