ފުލުހުން ބުނީ ގުދަނުގައި ހުރި ކެމިކަލްތައް މިހާރު ހުޅުމާލެއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
އާއްމު ފަރާތަކުން މިމައްސަލަ ސޯޝަލް މީޑިއާގައި އާއްމު ކުރުމުން އެމްއެންޑީއެފުން އިއްޔެ ބުނެފައިވަނީ އެތަނަށް އެޓެންޑްވެ އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި، ފުލުހުން އެމައްސަލަ ބަލަމުން ގެންދާކަމަށެވެ.
މާލޭގައި މީގެކުރިން 126 ކެމިކަލް ގުދަން ގިންގަމުން ގެންދިޔައެވެ. ނަމަވެސް މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގަމުން ދިއުމުގެ ސަބަބުން ސަރުކާރުން ވަނީ ކެމިކަލް ގުދަންތަކަށް ތިލަފުއްޓާއި ހުޅުމާލޭ ސިނާއީ ސަރަހައްދުން ބިން ދޫކޮށްފައެވެ.
މީގެއިތުރުން މާލޭގައި އަދި މީހުން އުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަން ކުރުން ސަރުކާރުންވަނީ މަނާކޮށްފައެވެ.