ads
ހިމަބިހި ޖެހިފައިވާ ކުއްޖެއް
ހިމަބިހި ޖެހުނު ކުއްޖާ ވެކްސިން ފުރިހަމަކޮށްފައި
ރާއްޖެއިން މުޅިން ނައްތާލެވިފައިވާކަމަށް ކަނޑައަޅާފައިވާ ހިމަބިހި ނުވަތަ މީސްލްސްއަށް އައްޑޫސިޓީން ޕޮޒިޓިވްވި ކުއްޖާ ވެކްސިން ފުރިހަމަ ނުކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވަނީ ހިމަ ބިހި ޖެހި ދެކުދިންނަކީ ބެލެނިވެރިންގެ ރުހުން ނުލިބިގެން ވެކްސިން ފުރިހަމަ ނުކޮށްތިބި ދެ ކުދިން ކަމަށެވެ. 

ނަމަވެސް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، ހިމަބިހި ޖެހުނު ކުއްޖާ ވެކްސިންގެ ހުރިހާ ޑޯޒެއްވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ. ވެކްސިން ފުރިހަމަ ކޮށްފައިތިބޭ ކުދިންނަށްވެސް ބައެއް ފަހަރު ހިމަބިހި ޖެހުމުގެ ފުރުސަތު އޮވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ އައްޑޫ ސިޓީން ކުޑަ ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.  މީގެއިތުރުން ޝައްކު ކުރެވޭ އެހެން ކޭސްއެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަރުހަލާ ކުރިއަށްދާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ނަމަވެސް މި ދެ ކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު ފަހަނަ އަޅާފައިވާތީ ދެކުދިންގެ ފަރާތުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް