ads
ބާޒާރުގައި ލިބެންހުރި ކާބޯތަކެތީގެ އަގުތަކަށް އިއްޔެ އާ އަޅާބަލާއިރު ފާހަގަކުރެވޭވަރުގެ ބަދަލެއް އައިސްފައެއް ނުވޭ - ފޮޓޯ:ސީއެންއެމް
މިއަދުގެ ބާޒާރުގެ އަގުތައް
މިއަދަކީ މި އަހަރުގެ ރޯދަމަހުގެ 14 ވަނަ ދުވަހެވެ. ބާޒާރުގައި ލިބެންހުރި ކާބޯތަކެތީގެ އަގުތަކަށް ބަލާއިރު، ފާހަގަކޮށްލެވޭ ވަރުގެ ބަދަލެއް އައިސްފައެއް ނުވެއެވެ. މިއަދުގެ އަގުތައް ހުރީ ގާތްގަނޑަކަށް އިއްޔެ ހުރި މިންވަރާ އެއްހަމައެއްގައި ހިފެހެއްޓިފައެވެ.
Advertisement

މިއަދުގެ ބާޒާރުގެ އަގުތައް:

  • ކަރާ - ކިލޯއެއް ލިބެން ހުރީ 20 - 25 ރުފިޔާ އާ ދެމެދުގެ އަގަކަށް
  • ކުރުނބާ - ވިއްކަމުން ދަނީ 25 - 45 ރުފިޔާ އާ ދެމެދުގެ އަގަކަށް  
  • ކަނޑޫދޫ މިރުސް - ކިލޯއެއް ވިއްކަމުން ދަނީ 150 ރުފިޔާއަށް
  • ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 90 ރުފިޔާއަށް
  • ކޮޕީ ފަތް - ތިން ފަތް 10 ރުފިޔާއަށް ލިބޭ
  • ކުއްޅަފިލާ ފަތް - ބޮނޑިއެއް ވިއްކަނީ 15 ރުފިޔާއަށް
  • ލެޓިއުސް - ކިލޯއެއް ވިއްކަމުން ދަނީ 80 ރުފިޔާއަށް
  • ބަަރަބޯ - ކިލޯއެއް ލިބެނީ 20 ރުފިޔާއަށް
  • ބަށި - ކިލޯއެއް ވިއްކަން ހުރީ 60 - 65 ރުފިޔާ އާ ދެމެދުގެ އަގަކަށް
  • ބަނބުކެޔޮ - ކިލޯއެއް ލިބެން ހުރީ 50 - 80 ރުފިޔާ އާ ދެމެދުގެ އަގަކަށް
  • ދަނޑިއަލުވި - ކިލޯއެއް ވިއްކަމުން ދަނީ 80 ރުފިޔާއަށް

ބާޒާރުގައި މަސް ވިއްކަން ހުރި އަގުތަކަށް ބަލާއިރު އިއްޔެ ކަނޑުމަސް އަދި ކަންނެލި ކިލޯއެއް ވިއްކާފައިވަނީ 25 - 35 ރުފިޔާ އާ ދެމެދު އަގަކަށެވެ.

ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:

  • ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް ލިބެން ހުރީ 30 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށް
  • މުށިމަސް - ފަސް މަސް ވިއްކަނީ 20 ރުފިޔާއަށް
  • ގުންބަޅަ - މަހެއް ވިއްކަމުން ދަނީ 1 ރުފިޔާއަށް
  • ތޮޅި - ހަތަރު މަސް 20 ރުފިޔާއަށް ލިބޭ

your imageބާޒާރުގައި މަސް ވިއްކަން ހުރި އަގުތަކަށް ބަލާއިރު ކުދި މަހުގެ އަގުހެޔޮކަމަށް ފާހަގަކުރެވިފައިވޭ - ފޮޓޯ:ސީއެންއެމް

އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް،

  • ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 160 ރުފިޔާއަށް
  • އަލުވި ބަސްތާ ވިއްކަނީ 240 ރުފިޔާއަށް
  • ބިސް ކޭހެއްގެ އަގަކީ 280 ރުފިޔާ

ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:

  • އަލުވި ކިލޯއެއް - 11 ރުފިޔާއަށް
  • ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
  • ބިހެއް - 1.75 ރުފިޔާއަށް

ލިނބޯ އާއި ކާށީގެ އަގުތައް އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އާއި ކާށި އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާއަށެވެ. ކާށި ކިލޯއެއް ވިއްކަމުން ދަނީ 12 ރުފިޔާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް