ads
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމް
އާސެނަލްގެ ފަހު މެޗުގެ ޓިކެޓް އިންތިހާއަށް އަގުބޮޑުކޮށް ވިއްކަނީ
ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއިން، ލީގުގައި ކުޅޭ އެންމެ ފަހު މެޗުގެ ޓިކެޓް އިންތިހާއަށް އަގުބޮޑުކޮށް ވިއްކަމުން އަންނަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
Advertisement

ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއިން، ލީގުގައި ކުޅޭ އެންމެ ފަހު މެޗު އޮންނާނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހުގެ މެޗުގެ ޓިކެޓް އިންތިހާއަށް އަގުބޮޑުކޮށް ވިއްކަމުން އަންނަކަން މީޑިއާގެ ސަމާލުކަމަށް އައިސްފައިވަނީ ތަރޑްޕާޓީ ރީސޭލް ވެބްސައިޓެއްގައެވެ. މި ވެބްސައިޓުގައި އެ މެޗުގެ ޓިކެޓް 65000 ޕައުންޑަށްވެސް ވިއްކަން އެބަހުރި ކަމަށް ސީއެންއެންއިން ރިޕޯޓްކޮށްފައިވެއެވެ.

މިކަން އާސެނަލްގެ ސަމާލުކަމަށްވެސް މިހާރުވަނީ އައިސްފައެވެ. ޓިކެޓުގެ އަގު އިންތިހާއަށް ބޮޑުވެފައިވަނީ އާސެނަލްއަށް 19 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު މިހާރު ތަނަވަސްވެފައިވާއިރު، ލީގު ކާމިޔާބުކޮށްފިނަމަ ފަހު މެޗުގައި އެ ޓީމަށް ލީގު ހަވާލު ކުރާ މެޗުކަމަށް ވެފައިވާތީއެވެ. މެއި 28 ވަނަ ދުވަހު އާސެނަލް ކުޅޭނީ އެމިރޭޓްސް ދަނޑުގައެވެ.

ތަރޑްޕާޓީ ވެބްސައިޓެއްގައި އަގުބޮޑުކޮށް ޓިކެޓް ވިއްކަމުން އަންނަކަންތަކާ ގުޅިގެން އާސެނަލްގެ ސަޕޯޓާރސް ޓްރަސްޓްގެ ބޯޑުންވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެގޮތަށް އެކަން ނުކުރުމަށްވަނީ އެދިފައެވެ.

އާއްމު އުސޫލުން ޕްރިމިއަރ ލީގުގެ ޓިކެޓެއް އެހެން ފަރާތަކަށް ވިއްކާނަމަ އެކަން ކުރަން އޮންނަނީ ކްލަބު މެދުވެރިކޮށް އެކަން ކުރުމަށެވެ.

27%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް