އިއްޔެ ކަނޑޫދޫ މިރުސް ކިލޯއެއް ވިއްކާފައިވަނީ 150 ރުފިޔާއަށެވެ. މިއަދު މިރުސް ކިލޯއެއް ވިއްކަމުން ދަނީ 130 ރުފިޔާއަށެވެ. މިއަދު ކަރާ ކިލޯއެއް 20 ރުފިޔާއަށް ލިބެން ހުރިއިރު، އިއްޔެ ހުރީ 20 - 25 ރުފިޔާ އާ ދެމެދުގެ އަގެއްގައެެވެ. އިއްޔެ ކުރުބަނލެއް 25 - 45 ރުފިޔާ އާ ދެމެދުގެ އަގަކަށް ވިއްކިއިރު، މިއަދު ކުރުނބާގެ އަގު ހުރީ 20 - 45 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ.
މިއަދުގެ ބާޒާރުގެ އަގުތައް:
- ކަރާ - ކިލޯއެއް 20 ރުފިޔާއަށް ލިބެން އެބަހުރި
- ކުރުނބާ - ވިއްކަމުން ދަނީ 20 - 45 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކަނޑޫދޫ މިރުސް - ކިލޯއެއް ވިއްކަމުން ދަނީ 130 ރުފިޔާއަށް
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 90 ރުފިޔާއަށް
- ޕެޝަން ފުރުޓް - ކިލޯއެއް ވިއްކަނީ 80 ރުފިޔާއަށް
- ފަޅޯ - ކިލޯއެއް ވިއްކަނީ 65 ރުފިޔާއަށް
ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް ލިބެން ހުރީ 30 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ފަރުމަސް - ޅިޔައަޅާފައިވާ އާދައިގެ މަހެއް ވިއްކަމުން ދަނީ 40 - 200 އާ ދެމެދުގެ އަގަކަށް
- މުށިމަސް - ފަސް މަސް ވިއްކަނީ 20 ރުފިޔާއަށް
- ގުންބަޅަ - މަހެއް ވިއްކަމުން ދަނީ 1 ރުފިޔާއަށް
- ތޮޅި - ހަތަރު މަސް 20 ރުފިޔާއަށް ލިބޭ
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް،
- ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 160 ރުފިޔާއަށް
- އަލުވި ބަސްތާ ވިއްކަނީ 240 ރުފިޔާއަށް
- ބިސް ކޭހެއްގެ އަގަކީ 280 ރުފިޔާ
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
- އަލުވި ކިލޯއެއް - 11 ރުފިޔާއަށް
- ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
- ބިހެއް - 1.75 ރުފިޔާއަށް
ލިނބޯ އާއި ކާށީގެ އަގުތައް އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އާއި ކާށި އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާއަށެވެ. ކާށި ކިލޯއެއް ވިއްކަމުން ދަނީ 12 ރުފިޔާއަށެވެ.