މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިއްޔެ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އެލައިޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އާއިޒް ރުޝްދީއެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ އަގަކީ 10.3 މިލިއަން ރުފިޔާއެވެ. މި މިސްކިތުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ 365 ދުވަހުގެތެރޭގައެވެ.
300 މީހުންގެ ޖާގައިގެ މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.