އިއްޔެ ކަނޑޫދޫ މިރުސް ކިލޯއެއް ވިއްކާފައިވަނީ 130 ރުފިޔާއަށެވެ. މިއަދު މިރުސް ކިލޯއެއް ވިއްކަމުން ދަނީ 90 ރުފިޔާއަށެވެ. މިއަދު ކަރާ ކިލޯއެއް 18 ރުފިޔާއަށް ލިބެން ހުރިއިރު، އިއްޔެ ހުރީ 20 ރުފިޔާ އަށެވެ. އިއްޔެ ދިވެހި އަނބު ކިލޯއެއް 90 ރުފިޔާ އަށް ވިއްކިއިރު، މިއަދު އަނބު ކިލޯއެއްގެ އަގު ހުރީ 80 ރުފިޔާގައެވެ.
މިއަދުގެ ބާޒާރުގެ އަގުތައް:
ބާޒާރުގައި މަސް ވިއްކަން ހުރި އަގުތަކަށް ބަލާއިރު އިއްޔެ މަސް މާރުކޭޓުގެ ބައެއް އަށިތަކުގައި ކަނޑުމަސް އަދި ކަންނެލި ކިލޯއެއް ވިއްކާފައިވަނީ 22 - 25 ރުފިޔާ އާ ދެމެދު އަގަކަށެވެ. އިއްޔެ އަކީ މި ރޯދަ މަހު ކަނޑުމަސް އަދި ކަންނެލި ކިލޯއެއް އެންމެ ހެޔޮ އަގުގައި ވިއްކި ދުވަސްވެސް މެއެވެ.
ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
ކަންނެލި އަދި ކަނޑުމަސް ކިލޯއެއް ވިއްކަމުން ދަނީ 30 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށް. އިއްޔެ ވިއްކާފައިވަނީ 22 - 25 ރުފިޔާއަށް - ފޮޓޯ:ސީއެންއެމް
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް،
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
ލިނބޯ އާއި ކާށީގެ އަގުތައް އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އާއި ކާށި އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާއަށެވެ. ކާށި ކިލޯއެއް ވިއްކަމުން ދަނީ 12 ރުފިޔާއަށެވެ.