ރިޕޯޓްތައް ބުނާގޮތުން ޓަހާރު ނަމަކަށް ކިޔާ 42 އަހަރުގެ ފިރިހެނެއް މިމައްސަލާގައި ހައްޔަރުކޮށްފައި ވާއިރު، އޭނާ ދިރިއުޅޭ ގޭގެ ގޯތިތެރެއިން 12 ގަބުރު ވަޅުލާފައި ވަނިކޮށްވަނީ ފެނިފައެވެ.
މިމައްސަލާގައި ހައްޔަރުކޮށްގައިވާ މީހާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. މީގެކުރިންވެސް އޭނާ ޖަލު ހުކުމްވެސް ތަންފީޒު ކޮށްފައިވެއެވެ.
މީނާގެ މަޅީގައި ގިނަ އަދަދެއްގެ ބަޔަކު ޖެހެނީ އޭނާއަކީ ސިހުރު ހަދައިގެން މީހުންގެ ތަނަވަސްކަން އިތުރުކޮށްދޭ މީހެއްގެ ގޮތުގައި ބުނާތީއެވެ. އަދި އޭނާ ކައިރިއަށް ސިހުރު ހަދަން އަންނަ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާ އެފައިސާ އެތައް ގުނައެއް އިތުރަށް ލިބޭނެކަމަށްބުނެ ސިހުރު ހަދަމުން ގެންދާތާ ދުވަސް ތަކެއެއް ވެއްޖެކަމަށް ރިޕޯޓްތައް ބުނެއެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކުރަން މެދުވެރިވި ސަބަބަކީވެސް އޭނާ ކައިރިއަށް މުއްސަނދިވުމަށް ސިހުރު ހަދަން ދިޔަ މީހެއްގެ ހަބަރެއް ނުވެގެން އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކޮށް ފުލުހުން ތަހުގީގު ފެށުމުން އެމީހާވެސް މަރާލިކަމަށް ވަނީ އެއްބަސް ވެފައެވެ.
އޭނާގެ ޝިކާރައަކަށްވެ މަރުވި ބައެއް މީހުންނަކީ މިހާރު އެއީ ކޮންބައެއްކަން ދެނެގަނެފިފައިވާއިރު އޭގެތެރޭގައި އަންހެނުންނާއި ފިރިހެނުންވެސް ހިމެނެއެވެ. އޭނާގެ ޝިކާރައަކަށް ވި ގިނަ ފިރިހެނުންގެ އެވްރެޖް އުމުރަކީ 40-50 އަހަރުކަމަށާއި އަންހެނުންގެ އެވްރެޖް އުމުރަކީ 25-35 ކަމަށް ފުލުހުން ބުނެއެވެ.