މިއަދުގެ ބާޒާރުގެ އަގުތައް
މުހައްމަދު އަތީފް
09 އޭޕްރީލް 2023 - 10:45:44
މިއަދަކީ މި އަހަރުގެ ރޯދަމަހުގެ 18 ވަނަ ދުވަހެވެ. ބާޒާރުގައި ލިބެންހުރި ކާބޯތަކެތީގެ އަގުތަކަށް ބަލާއިރު، ފާހަގަކޮށްލެވޭ ވަރުގެ ބަދަލެއް އައިސްފައެއް ނުވެއެވެ. މިއަދުގެ އަގުތައް ހުރީ ގާތްގަނޑަކަށް އިއްޔެ ހުރި މިންވަރާ އެއްހަމައެއްގައި ހިފެހެއްޓިފައެވެ.
މިއަދުގެ ބާޒާރުގެ އަގުތައް:
- ކަރާ - ކިލޯއެއް 18 ރުފިޔާއަށް ލިބެން އެބަހުރި
- ކަނޑޫދޫ މިރުސް - ކިލޯއެއް ވިއްކަމުން ދަނީ 90 ރުފިޔާއަށް
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށް
- ކޮޕީ ފަތް - ތިން ފަތް 10 ރުފިޔާއަށް ލިބޭ
- ލެޓިއުސް ކިލޯއެއް - 60 ރުފިޔާ
ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް ލިބެން ހުރީ 30 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ފަރުމަސް - ޅިޔައަޅާފައިވާ އާދައިގެ މަހެއް ވިއްކަމުން ދަނީ 40 - 200 އާ ދެމެދުގެ އަގަކަށް
- ގިނިމަސް - ކުޑަ ގިނިމަހެއްގެ ވިއްކަނީ 15 - 20 ރުފިޔާ އާ ދެމެދުގެ އަގަކަށް
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް،
- ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 160 ރުފިޔާއަށް
- އަލުވި ބަސްތާ ވިއްކަނީ 240 ރުފިޔާއަށް
- ބިސް ކޭހެއްގެ އަގަކީ 280 ރުފިޔާ
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
- އަލުވި ކިލޯއެއް - 11 ރުފިޔާއަށް
- ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
- ބިހެއް - 1.75 ރުފިޔާއަށް
ލިނބޯ އާއި ކާށީގެ އަގުތައް އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އާއި ކާށި އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާއަށެވެ. ކާށި ކިލޯއެއް ވިއްކަމުން ދަނީ 12 ރުފިޔާއަށެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް