ads
މަނަދޫ ކައުންސިލް އިދާރާ: ފޮޓޯ ސީއެންއެމް
ކުއްލި ސިހުމެއްގައި މަނަދޫ ހަމަހިމޭން ވެފައި!
މިދިޔަ ހުކުރު ދުވަހުވެސް ނ މަނަދޫ ރައްޔިތުން އުޅެމުން ދިޔައީ އެހެން ދުވަސް ތަކެކޭ އެއްގޮތަށް އާއްމު ދިރިއުޅުމެކެވެ. ރަށުގައި ބޮޑުކަމެއް ހިނގައިފާނެ ކަމުގެ އެއްވެސް ފިކުރެއް ނެތި ހަމަޖެހިގެންނެވެ.

ނަމަވެސް ރަށުގެ ރައްޔިތުން ރޯދަ ވީއްލަން ތައްޔާރުވަމުން ދަނިކޮށް ލިބުނީ ކުއްލި ސިހުމެކެވެ. އެރަށުގައި އެކަނި ދިރިއުޅޭ އެރަށު އަންނާރުމާގޭ ނައީމާ މޫސާ (62) އޭނާގެ ގޭގައި މަރާލާފައި އޮތް ހަބަރު އިސާހިތަކު ރަށުތެރެއަށް ފެތުރިއްޖެ އެވެ.

ނައީމާގެ މަރާގުޅޭ މާބޮޑު ތަފްސީލެއް ރަށުގެ ގިނަ ރައްޔިތުންނަށް ނޭންގުނު ނަމަވެސް ތުންތުން މަތިން ދެކެވޭ ވާހަކަ މުޅި ރަށުގައިވެސް އެބައޮތެވެ. އެއީ ނައީމާ ފެނުނު އިރު އޭނާ އޮތްތަނުގައި ލޭގެ ބޮޑު ކޯރެއް އޮތްކަމާއި ނައީމާގެ ހަށިގަނޑުގައި ޒަހަމް ތަކެއް ހުރިކަމުގެ އަޑުތަކެވެ.

މިއިން އެއްވެސް ކަމެއް ފުލުހުން އަދި ކަށަވަރުކޮށެއް ނުދެއެވެ. މިމައްސަލާގައި ފުލުހުން މިހާތަނަށް ބުނެފައިވަމީ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ. ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމަކާއި ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން ގެންދާ ވާހަކައެވެ.

your imageނައީމާ މޫސާ ދިރިއުޅުނު ގެ ހުންނަ ސަރަހައްދު ބަންދުކޮށްފައި: ފޮޓޯ ސީއެންއެމް

ނައީމާގެ ޖަނާޒާ މިހާރު އެރަށުގައި ބާއްވާފައިވާއިރު، ފުލުހުން ބުނީ ނައީމާގެ ހަށިގަނޑު ވަޅުލީ ތަހުގީގަށް ބޭނުންވާ ސާމްޕަން ނެގުމަށް ފަހު ކަމަށެވެ. އަދި ނައީމާގެ ޕޯސްޓް މޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުން ބުނެއެވެ. 

"ނައީމާ މޫސާގެ ހަށިގަނޑުބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު، އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑުވަނީ އާއިލާއާއި ހަވާލުކޮށްފައެވެ" - ފުލުހުން

ހޮނިހިރު ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. ހަމަ އެދުވަހުގެ ހަވީރު ނައީމާގެ ޖަނާޒާ މަނަދޫގައި ވަނީ ބާއްވާފައެވެ.

ހުއްދަނެތި މަނަދޫއަށް އަރާފެއިބުން މިވަގުތައް މަނާކޮށްފައިވާއިރު، ރަށް އޮތީ ފާޑެއްގެ ބަންދެއްގައެވެ. ރަށުތެރެއިން ފެންނަނީ ކަންބޮޑުވުމެވެ. ހަމަ ހިމޭން ކަމެވެ.

your imageނައީމާ މޫސާ

ނައީމާގެ މަރުގެ ތަހުގީގަށް މިހާތަނަށް ލިބިފައިވަނީ ކިހާވަރެއްގެ ކުރިއެރުމެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް މިހާތަނަށް މިމައްސަލާގައި ބައެއް ތަންތަން ބަލާފާސްކުރުމުގެ އިތުރުން އެހެން ކަމެއް ފެންނާކަށް ނެތެވެ. މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވެސް ނުވާއިރު މައްސަލާގައި ތުހުމަތު ކުރާނެ، އަދި ކުރެވޭ މީހަކުވެސް މިހާތަނަށް ނޭންގެއެވެ.

"ރަށުން ތެރޭގައި ވަރަށް މަދުން މީހުން އުޅުނު ނަމަވެސް މާބޮޑު ހަރަކާތެއް ނެތް، ހީވަނީ ފަޅުރަށެއްހެން، ރަށުތެރެއިން މާބޮޑު ދިރުމެއް ފެންނާކަށްވެސް ނެތް" - މަނަދޫން ރޭ ވާހަކަ ދެއްކި މީހެއް

ކޮންމެ އަކަށް ނައީމާގެ މަރަށް ހަތަރު ވަނަ ދުވަހަކަށް އިރު އަރާފައިވާއިރު، މުޅި ރަށް އަދިވެސް އޮތީ އެކަމުގެ ބިރުވެރި ކަމުގައެވެ. ލިބުނު ކުއްލި ސިހުމާއެކު ރަށް އޮތީ ހަމަހިމޭން ވެފައެވެ.

23%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
45%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް