ads
މާޒިޔާ- ގްރީންގެ މެޗެއްގެ ތެރެއިން
މާޒިޔާއަށް އެއް މިލިއަން ދިނުމުން ގްރީން ސްޓްރީޓްސްގެ ކަންބޮޑުވުން
ކުޅިވަރު މިނިސްޓްރީން، އެހެން ކްލަބުތަކަށް ބޭއިންސާފު ވާ ގޮތަށް މާޒިޔާއަށް ބޮޑު މާލީ އެހީއެއް ދީފައިވާ މައްސަލައިގައި ގްރީން ސްޓްރީޓްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ދޭ މާލީ އެހީ ހުރިހާ ކްލަބަކަށް ހަމަހަމަވާން ޖެހޭ ކަމަށް ބުނެ، ގްރީން ސްޓްރީޓްސް އިން ބުނީ، ފުރަތަމަ ޑިވިޝަން ކޮންމެ ކްލަބަކަށް ސަރުކާރުން ދިން މާލީ އެހީތެރިކަމަށްވާ 247،500 ރުފިޔާގެ އިތުރުން މާޒިޔާ އަށް އެއް މިލިއަން ރުފިޔާ ދީފައި އޮތުން ބަލައިނުގަނެވޭ ކަމަށެވެ. އަދި މިނިސްޓްރީގެ މެންޑޭޓަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުން ކަމަށްވާއިރު، މި ފަދަ ގޮތަކަށް ކަންތައް ކުރުމަކީ ފުޓްބޯޅައިގެ ކުރިއެރުމަށް ހުރަހެއް ކަމަށް ގްރީނުން ބުންޏެވެ.

މާލީ ދަތިތަކުގެ ތެރޭގައި އޮތް ގްރީން ސްޓްރީޓްސް އަކީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން ޕްރެކްޓިސް ވެސް ނުފެށި އޮތް ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. މާލީ ދަތިތަކާ ހުރެ ގްރީނުން ޕްރެޒިޑެންޓްސް ކަޕްގައި ނުކުޅެ އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން، މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ސަރުކާރުންވަނީ އެއް މިލިއަން ރުފިޔާ ދީފައެވެ.  ފުޓްބޯޅަ ސީޒަނަށް ތައްޔާރުމުގެ ގޮތުން ޔޫތު މިނިސްޓްރީން މާޒިޔާއަށް އެއް މިލިއަން ރުފިޔާ ދީފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މި އެއް މިލިއަން ރުފިޔާއާއެކު މި އަހަރު މިހާތަނަށް މާޒިޔާއަށް 1.6 މިލިއަން ރުފިޔާ ސަރުކާރުން ދީފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

އެއީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވހު ދިން 1 މިލިއަން ރުފިޔާގެ އިތުރުން ފެބްރުއަރީ 7 ވަނަ ދުވަހު ދިން 247500 ރުފިޔާ އަދި ޖަނަވަރީ 10 ވަނަ ދުވަހު ދިން 368299 ރުފިޔާއެވެ. ޖަނަވަރީގައި ދިން ފައިސާއަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ މެޗުތަކުގެ ޓިކެޓް ފައިސާ ކަމަށްވަނީމައުލޫމާތު ލިބިފައެވެ.

އެއްވަނަ ޑިވިޝަނުގެ ކްލަބުތަކުން މާލީ ދަތިތަކާ ހުރެ ބޮޑެތި ގޮން ޖެހުންތަކާ ކުރިމަތިވެފައިވަނިކޮށް، މާޒިޔާއަށް އެއް މިލިއަން ސަރުކާރުން ދީފައިވާއިރު، މިއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަދި ވާދަވެރި ޓީސީގެ އިސް ބޭފުޅެއް ކަމަށްވާ އަހްމަދު ނަޝީދުވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް