ads
މަރީ މިސް
މުޖުތަމައު ގޯސް ވަނީ ދީން ނޭނގޭތީ: މަރީ މިސް
މުޖުތަމައުގެ ކަންކަން މިއަދު ގޯހުން ގޯހަށް ދަނީ ދީން އެނގެންވާ މިންވަރަށް ގިނަ ބަޔަކަށް ދީނުގެ ކަންކަން އޮޅުން ނުފިލާތީކަމަށް މަޖީދިއްޔާ ސްކޫލުގައި 30 އަހަރަށްވުރެ ގިނަ ދުވަހު އިސްލާމް މުދައްރިސުކަން ކުރެއްވި މަރިޔަމް (މަރީ މިސް) ވިދާޅުވެއްޖެއެވެ.
Advertisement

ސީއެންއެމްގެ "ރޯދަ ހަނދުމަ" ސީރީޒް އަށް ދިން އިންޓަވިއުގައި މަރީ މިސް ވިދާޅުވީ ކުރީ ޒަމާނުގައި މުޖުތަމައުގެ ކޮންމެ މީހަކީ ވެސް ގޯސް ކަންކަން ނަހީކޮށް ރަނގަޅު ކަންކަމަށް އަމުރު ކުރާ ބައެއް ކަމަށެވެ. ނަމަވެސް މިއަދު މި މަންޒަރު މުޖުތަމައުއިން ނުފެންނަކަމަށެވެ. 

މަރީ މިސް ވިދާޅުވީ ރާއްޖޭގެ ދަރިވަރުންނަށް ކިޔަވައިދޭ މުގައްރަރުގައި ރަނގަޅު ކަންތައްތަކެއް ހުރި ނަމަވެސް، ގިނަ ދަރިވަރުން ސްކޫލުން ނުކުތުމަށް ފަހު ދިރިއުޅޭ މާހައުލަކީ މުގައްރުގައިވާ ކަންކަން އިތުރަށް އޮޅުން ފިލާ ފަދަ މާހައުލެއް ނޫނެވެ. 

"ވަރަށް އުފާވޭ ކިވައިދީފައިވާ ބައެއް ކުދިން ރަނގަޅު ކުދިން ގޮތުގައި ފެންނާތީ. އޭގެ ތެރޭގައި އެބައުޅޭ ޕޮލިޓީޝަނުން (ސިޔާސީ މީހުން) އަދި ޑޮކްޓަރުން ފަދަ ކުދިން ވެސް. އަދި އެބައުޅޭ ގޯސް ކުދިން ކޮޅެއް ވެސް. ގޯސް ކުދިން ފެނުނީމަ ވަރަށް ދެރަވޭ،" މަރީ މިސް 

ރޯދައިގެ އެންމެ ދުރު ހަނދުމައަކީ މިސްގެ އުފަންރަށް ގދ. ތިނަދޫގައި މީގެ 40 އަހަރު ކުރިން ރޯދައަށް މާހަފާ ހަނދާންކަމަށް ވިދާޅުވި އެވެ. އޭރު ހާރު ގަޑީގައި ދަންބެރު ޖަހާ އަޑު ވެސް އިވޭކަމަށް މިސް ވިދާޅުވި އެވެ. 

މަރީ މިސްގެ އެކްސްކުލޫސިވް އިންޓަވިއު މި އާޓިކަލްއާއެކު ހީރަސްކުރެވިފައިވާ މިވަނީ އެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް