ads
މަރީ
ސީކްރެޓް އިންގްރީޑިއަންޓަކީ ލޯބި: މަރީ ލިލޫ
ކޮންމެ ކަމެއްގެެވެސް ކާމިޔާބުކަމާއެކު ކުރުމަށް ބޭނުންވާ ސްކްރެޓް އިންގްރީޑިއެންޓް (ސިއްރު މާއްދާއަކީ) އަކީ ލޯބި ކަމަށް މަގުބޫލު ފިޓްނަސް އިންސްޓްރަކްޓާ މަރިޔަމް އަހުމަދު (މަރީ ލިލޫ) ބުނެފިއެވެ.

ސީއެންއެންމެގެ "ރޯދައިގެ ހަނދުމަ" ސީރީޒްއަށް ދިން އިންޓަވިއުއެއްގައި މަރީ ލީލޫ ބުނީ އޭނާއަކީ ކުރާ މަސައްކަތުގެ އިތުރުން "ކުޅި ރިހަ" ވެސް ވަރަށް މޮޅަށް ކަށްކަން އެނގޭ މީހެއް ކަމަށެވެ. އެގޮތުން ރިހަ ކައްކާއިރު ވެސް އަދި އެހެން ކޮންމެ ކަމެއް ކުރިކަމުގައިވީނަމަ ވެސް އެކަމެއް ކާމިޔާބުކަމާއެކު ކުރެވޭނެ، އުކުޅަކީ ލޯބިން އެކަމެއް ކުރުން ކަމަށެވެ. 

"މަރީ އެ ރިހަކައްކާ ދުވަހު އެންމެ އެތިކޮޅެއް ވެސް ބާކީ ނީންނަކަން މަރީއަށް އެނގޭ. ރިހަކައްކަން ވެސް އެންމެން ވެސް މި އަޅަނީ އެއް އިންގްރީޑިއަންޓުތަކެއް. އެކަމަކު ކޮންމެ މީހަކުވެސް ލޯބިން ހަމަ އެ އިންގްރީޑިއަންޓްސް އެޅީމަ ރަހަ ތަފާތުވާނެ ވަރަށް މީރުވާނެ،" ކޮންމެކަމެއް ވެސް ލޯތްބާއެކު ކުރުން މުހިންމުކަން ކިޔައިދެމުން މަރީ ބުންޏެވެ.

ނިރުވާނާ އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް ދިވެހިންތެ ތެރޭގައި މަގުބޫލު މަރީ ބުނީ ކޮންމެ މީހަކު ވެސް ތަފާތު ކަސްރަތުތައް ކުރިކަމުގައި ވީނަމަ ވެސް، ނަމާދު ކުރުމާ ގުރުއާން ކިޔެވުން ފަދަ ކަންކަން ކޮންމެ ދުވަހަކުވެސް ކުރުމަކީ މީހާއަށް ފަރުވާ ލިބޭނެކަންކަން ކަމަށެވެ. 

މަރީވަނީ އޭނާގެ މަސައްކަތައް މިވަގުތު ކުރިއަށްދާގޮތާ ކުރިއަށް ހުރި ޕްރޮޖެކްޓުތަކުގެ ވާހަކަ ވެސް ހިއްސާކޮށްފައެވެ. މަރީގެ އިންޓަވިއު ބައްލަވައިލެއްވުމަށް މި އާޓިކަލްއާއެކު ހީރަސް ކުރެވިފައިވާ ވީޑިއޯ ބައްލަވާލަވާލަައްވާށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް