ads
އިބްރާހިމް އިސްމާއިލް (އިބްރާ)
53 މިލިއަންގެ މައްސަލާގައި ޕީޖީ އިސްތިއުނާފަށް ނުދިއުމުން ސުވާލު އުފެދޭ: އިބްރާ
އާރަށް މައްސަލާގައި ރައީސް ޔާމީންގެ ރައީސް ޔާމީންގެ ފަރާތުން 53 މިލިއަން ރުފިޔާ ނެގުމަށް، ދަށުކޯޓްގެ ހުކުމުގައި ގޮތެއް ކަނޑައަޅާފައި ނުވާމައްސަލާގައި ޕްރޮސެކިއުޓަ ޖެނެރަލްގެ ފަރާތުން އިސްތިއުނާފަށް ނުދިއުމަކީ ސުވާލު އުފެދޭކަމެއްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމެޓީގެ ޗެއާ އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
Advertisement

އާރަށް މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ރައީސް ޔާމީން 53 މިލިއަން ރުފިޔާ ދައްކަން ޖެހޭގޮތެއް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އެފައިސާ ދެއްކުމަށް އަމުރުކޮށް ފަހުން އެހެން ގަޒިއްޔާއަކުން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

އެއަމުރު ހައިކޯޓްގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ އަމުރު ބާތިލްކޮށްފައެވެ. އެ މައްސަލާގައި ރައީސް ޔާމީންގެ މައިގަނޑު ދިފާއުއަކީވެސް އަމުރު ނެރުނުއިރު އެކަމުގައި ޖަވަބުދާރީވާން ދަށުކޯޓުން ފުރުސަތު ނުދިނުމެވެ. ހައިކޯޓުން އަމުރު ބާތިލް ކުރުމުގެ މައިގަނޑު ނުކުތާއަކީވެސް އެމައްސަލައެވެ.

އިބްރާވެސް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް 53 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް، ހައިކޯޓުން ބާތިލްކުރުން ރަގަކަމަށާއި އެއީ ވަކި ގަޒިއްޔާއަކުން ހުކުމެއް ނެރެވޭނީ އެ މައްސަލައިގައި ދިފާއުވުމުގެ ފުރުސަތު ދީފައިކަމަށްވާތީކަމަށެވެ.

ނަމަވެސް ދައުލަތުން އެދިފައި ވަނިކޮށްވެސް އާރަށް މައްސަލައިގެ ހުކުމުގައި ފައިސާ ދެއްކުމާގުޅޭ ގޮތުން ނިންމުމެއް ނިންމާފައި ނުވުމަކީ ހުކުމުގެ އުނިކަމެއް ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ ދައުލަތުން އެދިފައި ވަނިކޮށްވެސް 53 މިލިއަން ދެއްކުމާ ގުޅޭގޮތުން ދަށުކޯޓްގެ ހުކުމުގައި ގޮތެއް ކަނޑަނޭޅުމުން ޕީޖީ އޮފީހުގެ ފަރާތުން އެނުކުތާ އިސްތިއުނާފަށް ނުގެންދިޔަކަމީ ސުވާލު އުފެދޭކަމެއް ކަމަށެވެ.

ނަމަވެސް ރައީސް ޔާމީނުގެ ފަރާތުން މައްސަލަ އިސްތިއުނާފް ކުރުމުން، އެފުރުސަތު އަލުން ހުޅުއްވިއްޖެކަމަށާއި، އެއީ އިސްތިއުނާފަށް ހުށަހެޅޭ ކޮންމެ މައްސަލައަކާއި އެކު، ދައުވާގައި ހިމެނޭ އެހެން ކަންކަމާއި މެދު އިތުރު އިސްތިއުނާފް ކުރުމުގެ ފުރުސަތު ޕީޖީ އޮފީހަށް އޮންނާނެކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިސާ ހޯދުމަށް މިއޮތް ފުރުސަތުގެ ބޭނުންކޮށް، އެމައްސަލަ އިސްތިއުނާފަސް ހުށަހަޅަން ޕީޖީ އޮފީހަށް އިބްރާ ވަނީ ގޮވާލައްވާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް