ads
ރައީސް މައުމޫން
މައުމޫން ފައުންޑޭޝަން މި ރޯދަމަހު ޚާއްސަ ޖަލްސާއެއް ބާއްވަނީ
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ، ދަ މައުމޫން ފައުންޑޭޝަންގެ ފަރާތުން ރަމަޟާން މަހާއި ބެހޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މައުމޫން ފައުންޑޭޝަންގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މައުމޫން ފައުންޑޭޝަން އާއި އިސްލާމީ އެހީތެރިކަމުގެ ގުޅުމާއި ގުޅިގެން، "އެއްމެ މާތް މައްސަރު" މިނަމުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ރޯދަމަހުގެ 27 ވިލޭރޭކަމަށްވާ، އެޕްރީލް 17 ވާ ހޯމަދުވަހުގެރޭ، 9:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި، މިޖަލްސާގަައި ރައީސް، އަލްއުސްތާޒް މައުމޫން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް މައުމޫން ފައުންޑޭޝަން އިން ނެރެފައިވާ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް މައުމޫނަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު، ރާއްޖެއިން ބޭރުން އަރަބި އިސްލާމީ އިލްމްވެރިން ރާއްޖެއަށް ގެނެސް، ރޯދަ މަހުގެ ރޭތައް އިހްޔާކުރުމުގެ ނަމުގައި ޖަލްސާތައް ބޭއްވެވި ފަރާތެކެވެ. 

މިޖަލްސާތަކުގައި އެމަނިކުފާނުވެސް ދީނީ ނަސޭހަތްދިނުމުގެ ގޮތުން ވާހަކުފުޅު ދައްކަވައެވެ. 2008 ވަނައަހަރު ވެރިކަމުން ފައިބާ ވަޑައިގެންވެސް، ދަ މައުމޫން ފައުންޑޭޝަން ގެ ނަމުގައި ޖަމްއިއްޔާއެއް އުފައްދަވައި، އެޖަމްއިއްޔާގެ ފަރާތުން ރޯދަ މަހުގެ ރޭތަށް އިހްޔާކުރުމުގެ ޖަލްސާތައް ބާއްވަމުން ދިޔަކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް