ads
މީހަކު ކޮތަޅަކަށް މުދާތަކެއް އަޅައިގެން
ވަކި ކޮތަޅެއް 5 ރުފިޔާ، 8 ރުފިޔާ އަށް؟
ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށުމާއިއެކު، ކޮތަޅު ހޯލްސޭލްކުރާ ފަރާތްތަކުން ކޮތަޅުގެ ހޯލްސޭލް ރޭޓް ބޮޑު ކުރުމާއި ގުޅިގެން ފިހާރަތަކުން ވަކިކޮތަޅެއް ވިއްކާ އަގު އިންތިހާއަށް ބޮޑުކޮށްފިއެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ފިހާރަތަކުން މުދާ އަޅާފައިދޭ ކޮންމެ ކޮތަޅަކަށް 2 ރުފިޔާ ސަރުކާރަށް ނަގާނެއެވެ. އެ ހިސާބު ކިތާބު ބަލަޖައްޓަން ޖެހެނީވެސް މީރާއިން އަންގާފައިވާ ގޮތުން އެހެނިހެން ޓެކްސްތަކާއި ވަކިންނެވެ.

ވަކިން ކޮތަޅެއް ވިއްކި ނަމަވެސް ހޯލްސޭލްކޮށް ވިއްކި ނަމަވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ސަރުކާރަށް ނަގާތީ، ކޮތަޅު ހޯލްސޭލްކުރާ ފަރާތްތަކުން ވަނީ 100 ކޮތަޅުގެ ކޮންމެ ބޮނޑިއެއްގެ އަގަށް 200 ރުފިޔާ އިތުރުކޮށްފައެވެ.

އެހެންކަމުން ކުރިން 25 ރުފިޔާއަށް ވިއްކި 100 ކޮތަޅުގެ ކުދި ކޮތަޅު ބޮޑިއެއް މިހާރު ލިބެންހުރީ 225 ރުފިޔާއަށެވެ. މެދު ސައިޒްގެ ކޮތަޅު ބޮޑިއެއް މިހާތު 235 ރުފިޔާއަށް ލިބޭއިރު ކުރިން އެ ސައިޒްގެ ކޮތަޅު ބޮޑިއެއް ވިއްކަމުން ދިޔައީ 30 ރުފިޔާއަށެވެ. ކުރިން 48 ރުފިޔާއަށް ވިއްކި ކޮތަޅުބޮނޑި މިހާރު ބާޒާރުން ލިބެނީ 240 ރުފިޔާއަށެވެ.

ކުރިން 115 ރުފިޔާއަށް ހޯލްސޭލްކޮށް ގަންނަން ލިބުނު ޑަސްބިން ބޭގް ސައިޒްގެ ރަތް ކޮތަޅު ބޮޑިއެއް މިހާރު ބާޒާރުން ލިބެނީ 300 ރުފިޔާއާއި ގާތްކުރާ އަގަކަށެވެ.

225 ރުފިޔާއަށް ކުރިން ވިއްކި ޑަސްބިން ކަޅު ކޮތަޅު ބޮޑިއެއް މިހާރު ލިބެން ހުރީ 400 ރުފިޔާއިން މަތީގައެވެ.

މާލޭގައި ގިނަ އަދަދެއްގެ މުދާ ހޯލްސޭލް އަދި ރީޓެއިންކޮށް ވިއްކާ ބޮޑު ފިހާރައަކުން މިއަދު ޑަސްބިން ބޭގް ސައިޒްގެ ރަތް ކޮތަޅެއް ގަންނަން ލިބުނީ 5 ރުފިޔާއަށެވެ. އެއީ ކުރިން 2 ރުފިޔާއަށް ވިއްކި ކޮތަޅެވެ. އަދި ކުރިން 5 ރުފިޔާއަށް ވިއްކި ޑަސްބިން ބޭގް ސައިޒްގެ ކަޅު ކޮތަޅެއް އެ ފިހާރައިން ލިބުނީ 8 ރުފިޔާއަށެވެ.

ނަމަވެސް ބައެއް ފިހާރަތަކުން ކޮތަޅުގެ އަގު އަދި އެހާ ބޮޑު ނުކުރާކަން ފާހަގަ ވެއެވެ. އެގޮތުން ބާޒާރުގައި ނިސްބަތުން އެންމެ އަގުބޮޑުވި އެންމެ ކުދި ކޮތަޅަށް ބައެއް ފިހާރަތަކުން ކޮތަޅަކަށް އެއް ރުފިޔާ ވެސް އިއްޔެ ނެގިކަން ފާހަގަ ކުރެވެއެވެ.

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް