ads
ރައީސް ސޯލިހު: ފޮޓޯ:ރައީސް އޮފީސް
ރައީސް އޮފީހުން ހަރަދުކޮށްފައިވަނީ މަގްސަދު ހާސިލްވާގޮތަށް، ގާނޫނާއި އެއްގޮތަށް
2020 އަދި 2021 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަރަދުކޮށްފައިވަނީ ކަނޑައެޅި ބަޖެޓްގެ މަގްސަދު ހާސިލްވާގޮތަށް ގާނުނާއި އެއްގޮތަށް ކަމަށް އެ އޮފީހުންގެ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ރައީސް އޮފީހުން ހަރަދުކޮށްފައިވަނީ ގާނޫނާއި އެއްގޮތަށް ފާސްކުރެވުނު ބަޖެޓްގެ މަގްސަދު ހާސިލްވާގޮތަށް ކަމަށާއި، އަދި ރައީސް އޮފީހަށް ލިބުނު ފައިސާއާއި، ހަރަދު ކުރެވުނު ގޮތާއި މާލީ ރިޕޯޓްތައް ތައްޔާރުކޮށްފައިވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ކަމަށެވެ.

އަދި ރައީސް އޮފީހުން ހަރަދުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތަށްކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

އޮޑިޓް ރިޕޯޓުން ދައްކާގޮތުން 2020 ވަނަ އަހަރު ރައީސް އޮފީހަށް މަޖިލީހުން ފާސްކުރި 175 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން ބަޖެޓުން 29.3 މިލިއަން ރުފިޔާވަނީ އުނިކޮށްފައެވެ.

އެއާއެކު 2020 ވަނަ އަހަރު ރައީސް އޮހީފަށް ޖުމްލަ ބަޖެޓްގެ ގޮތުގައި 145.6 މިލިއަން ރުފިޔާ ކަނޑައެޅުނުއިރު ހަރަދު ކުރެވުނީ 142 މިލިއަން ރުފިޔާއެވެ. އަދި އުނިކުރި ބަޖެޓައިއެކު ކަނޑައެޅި 142 މިލިއަން ރުފިޔާގެ ތެރެއިންވެސް އަހަރު ނިމުނުއިރު ބަކީ 3.6 މިލިއަން ރުފިޔާ ހުރިކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ 2021 ވަނަ އަހަރު ރައީސްސުލްޖުމްހޫރިއްޔާގެ އޮފީހަށް މަޖިލީހުން 171.1 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު ބަޖެޓަށް ފަހުން 8.9 މިލިއަން ރުފިޔާ އިތުރުކުރިކަމަށެވެ.

އިތުރުކުރި ބަޖެޓާއިއެކު 2021 ވަނަ އަހަރު ރައީސް އޮފީހަށް 2021 ވަނަ އަހަރު 180.1 މިލިއަން ރުފިޔާ ކަނޑައެޅިއިރު އެއަހަރު ވަނީ 178.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި އަހަރު ނިމުނު އިރު ރައީސް އޮފީހުގެ ބަޖެޓުން ބޭނުން ނުކޮށް ބަކީ 1.2 މިލިއަން ރުފިޔާ ހުރިކަމަށްވެސް އޮޑިޓް ރިޕޯޓުން ދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް