ads
އަލިފާން: ފައިލް ފޮޓޯ
ކުޑަ ކުއްޖަކު ރޭޕްކޮށްގެން ލިބުނު ތުއްތު ދަރިފުޅާއެކު ގޭގައި ހުޅުޖަހައިފި
އިންޑިއާގައި ރޭޕްގެ ޝިކާރައަކަށް ވެފައިވާ އުމުރުން 11 އަހަރުގެ އަންހެން ކުއްޖެ ގޭގައި ބުދަ ދުވަހުގެ ހުޅުޖަހައިފިއެވެ.

މި އަމަލު ހިންގާފައިވަނީ އެ އަންހެން ކުއްޖާ ރޭޕުކުރި ގުރީޕުގައި ހިމެނޭ ފިރިހެން ކުއްޖާގެ ބައްޕަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. 

އިންޑިއާ ފުލުހުން މިހާރު އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާއިރު، އޭނާ އެ ގޭގައި ހުޅުޖެހިއިރު އެއް ހަރު ނުވާ ތުއްތު ކުއްޖެއް ވެސް އެގޭ ތެރޭގައި އޮތެވެ. 

ހުޅު ޖެހިއިރު އެގޭތެރޭގައި އޮތް ތުއްތު ކުއްޖާއަކީ ރޭޕުކުރި އަންހެން ކުއްޖާއަށް ލިބިފައިވާ ކުއްޖެކެވެ. ގުރޫޕަކުން އެ އަންހެންކުއްޖާ ރޭޕު ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭރު އަންހެން ކުއްޖާގެ އުމުރަކީ 10 އަހަރެވެ. 

މި ހާދިސާގައި ތުއްތު ކުއްޖާގެ 35 ޕަސަންޓު ފިހިފައިވާއިރު، އެގޭގައި އުޅުނު އިތުރު ކުޑަކުއްޖެއްގެ 45 ޕަސަންޓު ވަނީ ފިހިފައެވެ. 

އެގޭގައި ހުޅުޖެހުމުގެ ބޭނުމަކީ ރޭޕްގެ ޝިކާރައަކަށްވި ކުއްޖާއަށް ލިބުނު ދަރިފުޅު މަރާލުންކަމަށް އެ އާއިލާން ވަނީ ބުނެފައެވެ. 

 

17%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
52%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް