ads
އެންވަޔަރުމަންޓް މިނިސްޓަރު އާމިނަތު ޝައުނާ
ފާޑުކިއުން ބޮޑުވެ ކޮތަޅުން ފީ ނަގާ ގާނޫނު އިސްލާހުކުރަނީ
ވިޔަފާރިތަކުން ވިއްކާ ކޮންމެ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ނިންމުމުން ކޮތަޅުގެ އަގުބޮޑުވެ ފާޑުކިއުން އަމާޒުވުމުން ކުނި މެނޭޖުކުރުމުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމައިފި އެވެ.
Advertisement

ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އެންވަޔަރުމަންޓް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮތަޅު އަގުބޮޑުވީ ހޯލްސޭލް ރޭޓުގައި ކޮތަޅު ގަތަސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކަން ޖެހޭތީ ކަމަށެވެ. 

އެހެންކަމުން 100 ކޮތަޅުގެ ބޮނޑިއަކަށް 200 ރުފިޔާ ދައްކަން ޖެހޭކަމަށާއި ބިލު މަޖިލީހަށް ހުށަހެޅިއިރު 50 އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ފީނެގުން އިސްތިސްނާ ވާނެކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް މަޖިލީހުން ބިލު ފާސްކުރިއިރު އެ މާއްދާ އުވާލާފައިވާކަމަށާއި ސަރުކާރުން ނިންމީ ތަސްދީގުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ކުރި މައްސަލަތައް ހައްލު ހޯދައި ދިނުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް ކަމަށްވެސް ބަޔާނުގައި ވެއެވެ.

އެހެންކަމުން 50 ކޮތަޅު ނުވަތަ އެއަށް ވުރެ އިތުރުވާ ބޮޑިއަށް ފީ ދައްކަން ނުޖެހޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާކަމަށާއި އިސްލާހު ފާސްވުމުން ކޮތަޅުގެ އަގު ހެޔޮވާނެކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުނެއެވެ.

ވަކިން ކޮތަޅެއް ވިއްކި ނަމަވެސް ހޯލްސޭލްކޮށް ވިއްކި ނަމަވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ސަރުކާރަށް ނަގާތީ، ކޮތަޅު ހޯލްސޭލްކުރާ ފަރާތްތަކުން ވަނީ 100 ކޮތަޅުގެ ކޮންމެ ބޮނޑިއެއްގެ އަގަށް 200 ރުފިޔާ އިތުރުކޮށްފައެވެ.

އެހެންކަމުން ކުރިން 25 ރުފިޔާއަށް ވިއްކި 100 ކޮތަޅުގެ ކުދި ކޮތަޅު ބޮޑިއެއް މިހާރު ލިބެންހުރީ 225 ރުފިޔާއަށެވެ. މެދު ސައިޒްގެ ކޮތަޅު ބޮޑިއެއް މިހާތު 235 ރުފިޔާއަށް ލިބޭއިރު ކުރިން އެ ސައިޒްގެ ކޮތަޅު ބޮޑިއެއް ވިއްކަމުން ދިޔައީ 30 ރުފިޔާއަށެވެ. ކުރިން 48 ރުފިޔާއަށް ވިއްކި ކޮތަޅުބޮނޑި މިހާރު ބާޒާރުން ލިބެނީ 240 ރުފިޔާއަށެވެ.

ކުރިން 115 ރުފިޔާއަށް ހޯލްސޭލްކޮށް ގަންނަން ލިބުނު ޑަސްބިން ބޭގް ސައިޒްގެ ރަތް ކޮތަޅު ބޮޑިއެއް މިހާރު ބާޒާރުން ލިބެނީ 300 ރުފިޔާއާއި ގާތްކުރާ އަގަކަށެވެ.

225 ރުފިޔާއަށް ކުރިން ވިއްކި ޑަސްބިން ކަޅު ކޮތަޅު ބޮޑިއެއް މިހާރު ލިބެން ހުރީ 400 ރުފިޔާއިން މަތީގައެވެ.

6%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
81%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް