އެމްއެސްއެސްގެެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސެވުމާ ގުޅިގެންނެވެ.
އެމްއެސްއެސްއިން ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސެވި ނާޒިމަކީ އެމްއެސްއެސް އުފެދުނީއްސުރެ އެ ކުންފުންޏަށް ހިދުމަތްކުރައްވަމުން ގެންދެވި ފަރާތެއް ކަމަށެވެ.
މީގެކުރިން ނާޒިމް ވަނީ އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރައްވާފައެވެ.