ads
ސިފައިންގެ އަހަރީ ދިދަނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިއީ އެންމެ އަމާން ދައުރު: މާރިޔާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މިހިނގާ ވެރިކަމުގެ ދައުރަކީ ޑިމޮކްރަސީގެ ހަޔާތުގައި، ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމްވެފައިވާ އެންމެ އަމާން ދައުރުކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 131 ވަަނަ އަހަރީ ދުވަހުގެ ހިތާބުގައި މާރިޔާ ވިދާޅުވީ ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ޙާސިލުކުރި އެންމެ ބޮޑު އެއް ކާމިޔާބީއަކީ އަޅުގަނޑުމެން މިދެކޭ ހަމަޖެހުމާއި އަމާންކަން ކަމަށެވެ.

ގިނަ ގޮންޖެހުންތަކާއެކުވެސް، ތަރައްގީގެ ދުވެލީގައި އަސްކަރީ ދާއިރާވެސް ހިމެނިގެން، ދިވެހިރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ހިތްހަމަޖެހޭ ދުވަސްތަކެއްކަމަށް މާރިޔާ ވިދާޅުވި އެވެ.

އަދި 2008 ވަނަ އަހަރު މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ތައާރަފްކޮށް، ޑިމޮކްރެސީގެ މަގަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރިފަހުން، ފާއިތުވެދިޔަ 4 އަހަރާ 5 މަހަށްވުރެ، ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމްވެފައި އޮތް ދުވަސްތަކެއް ދިވެހިން ދެކިފައި ނުވާނެކަމީ ދެބަސް ނުވެވޭނެ ހަގީގަތެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

ސަލާމަތީ ބާރެއްގޮތުގައި ރަސްމީކޮށް ދިވެހި ސިފައިންގެ ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ދުވަހުއެވެ. މިއަދަކީ ދިވެހިރާއްޖޭގެ ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރޭ ދުވަހެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް