މިދިޔަ ހޮނިހިރު ދުވަހު ހިނގި މިހާދިސާގައި އަނިޔާވި މީހާ ހޮސްޕިޓަލުގައި އޮވެ ކިޔައިދިން ގޮތުން އޭނާގެ ކުއްތާއާއި އެކު ހިނގާލަން ނިކުމެ އުޅެނިކޮށް ކުއްލިއަކަށް ކިނބުލެއް ހަމަލާ ދިނީއެވެ.
ކްއީންސްލޭންޑްގައި ހިނގި މިހާދިސާގައި އަނިޔާވި 40 އަހަރުގެ ފިރިހެންމީހާ ބުނީ، ކިނބުލިގެ ކިބައިން ސަލާމަތް ނުވެ ތިން މިނެޓަށްވުރެ ގިނައިރު ވަރަށް ހާލުގައި އުޅެން ޖެހުނު ކަމަށެވެ.
ކިނބޫ އޭނާ ދޫކޮށްލީ އޭތީގެ ދެ ލޮލަށް އިނގިލި ކޮއްޕާލުމުން ކަމަށާއި އޭރު އޭނާ އޮތީ ވަރަށް ބޮޑަށް ޒަހަމްވެފައިކަމަށް ވެސް ބުނެއެވެ.
ނަމަވެސް ވަގުތުން އޭނާ އެމްބިއުލޭންސް ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަށް ގެންގޮސް ފުރާނަ ސަލާމަތް ކުރިއެވެ.