ads
އާބަންކޯ ވޮލީ ކޭމްޕްގެ ތެރެއިން
އާބަންކޯ ވޮލީކޭމްޕް މިފަހަރު މުލަކުގައި
ވޮލީ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން މި ކޯޕަރޭޝަނުގެ ފަރާތުން ކޮންމެ އަހަރަކުވެސް ހުޅުމާލޭގައި ބާއްވަމުން އަންނަ ވޮލީ ކޭމްޕް މިފަހަރު އޮތީ މ.މުލަކުގައި ފަށައިފިއެވެ.

ބިޔޯންޑް ހުޅުމާލޭގެ ދަށުން މި ކޯޕަރޭޝަނުން އަންނަނީ ހުޅުމާލެއިން ބޭރުގައި ތަފާތު ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް މަސައްކަތްކުރަމުންނެވެ. 

މީގެ އިތުރުން ވެސް އިޖްތިމާއީގޮތުން ކައުންސިލްތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. މިގޮތުން މ.މުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ ކޭމްޕަށް ކިޔަނީ "ބިޔޯންޑް ހުޅުމާލެ އާބަންކޯ ވޮލީ ބޯލް ކޭމްޕް 2023" އެވެ. 

މި ކޭމްޕަކީ، މުލަކުގެ ދެޖިންސް ކުދިންނަށް އަމާޒުކޮށްގެން ވޮލީ ބޯލް ބޭސިކް ސްކިލްސްގެ އިތުރުން އެޑްވާންސް ސްކިލްސް ދަސްކޮށްދިނުމާއި ކުދިންގެ މެދުގައި ވޮލީއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ހިންގޭ ކޭމްޕެކެވެ.

މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޭޑް 7ން 9 އަކާ ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ޖުމްލަ 50 އަށްވުރެ ގިނަ ކުދިން ހިމަނައިގެންނެވެ. އަދި މި ކޭމްޕް ކުރިއަށް ގެންދެވޭނީ ފެސްޓިވަލެއްގެ ގޮތުގައި 22 އޭޕްރިލް 2023 އިން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށެވެ.

މިއީ މ. މުލަކުގައި ހިންގާ ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް އެންޖީއޯ އާއި، މުލަކު ސްކޫލް އަދި ކައުންސިލާ ގުޅިގެން ކުރިއަށްގެންދެވޭ ހަރަކާތެކެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ވެސް މާލެ ސަރަހައްދަށް އަމާޒުކޮށްގެން އަރބަންކޯގެ ފަރާތުން ވޮލީ ކޭމްޕް ބާއްވާފައިވާއިރު، މާލެ ސަރަހައްދުން ބޭރުގައި މި ކޭމްޕް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. 

މިފަދަ ކުޅިވަރުތައް ބޭއްވުމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި ތަރުހީބު ލިބިގެންދެއެވެ. އަދި މި ކުޅިވަރުތަކުގެ ސަބަބުން ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ ކުޅިވަރަށް އޮންނަ ލޯބި އިތުރުވެއެވެ. ވީމާ، މި ކޯޕަރޭޝަންގެ ފަރާތުން މުސްތަގުބަލުގައި ވެސް މިފަދަ ކުޅިވަރުތައް ބޭއްވުމަށް ވަނީ ރޭވިފައިކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް