ads
ތ ތިމަރަފުށި
ތިމަރަފުށީ ކައުންސިލް އޮޑިޓުން ފެނުނީ ހުސް މައްސަލަ
ތ ތިމަރަފުށީ ކައުންސިލްގެ 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް، ރިޕޯޓްގައި ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފިއެވެ.
Advertisement

އޮޑިޓަ ޖެނެރަލް މިމަހުގެ 19 ވަނަ ދުވަހު ނެރެފައިވާ ތިމަރަފުށީ ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ފުރަތަމަ ވެސް ފާހަގަ ކޮށްފައިވަނީ އެ ކައުންސިލްގެ މާލީ ބަޔާން އޮޑިޓް ކުރުމަށް ހުށަހަޅާފައި ނުވާ މައްސަލައެވެ.

ކައުންސިލަށް އާމްދަނީ ލިބޭ ކަންކަމުގެ ދަފްތަރު އަޕްޑޭޓްކޮސްފައި ނުވުމާއި، ބޭންކު އެކައުންޓްތަކުގެ ތަކުގެ ހިސާބުތައް ބަލަހައްޓާ ރިކޮންސައިލްކޮށްފައި ނުވުމާއި، މުދަލާއި ހިދުމަތް ހޯދުމުގައި މުދާ ގަންނަން އެދޭ ފޯމް ފުރިހަމަކޮށްފައި ނުވުމާއި، ތަކެތި ގަތުމުގައި ތިން ފަރާތުގެ އަގު ހޯދާފައި ނުވުންވެސް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެއިތުރުން ލިއެކިއުން ފުރިހަމަ ނުކޮށް މުދަލަށް އޯޑަރުކޮށް މުދާ ހޯދާފައި ވުމާއި، ދަތުރު ރިޕޯޓް ހުށަހަޅާފައި ނުވުމާއި، ހަރުމުދަލުގެ ރެޖިސްޓްރީ އަޕްޑޭޓްކޮށް ބަލަހައްޓާފައި ނުވުންވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮސްފައި ވެއެވެ.

ތިމަރަފުށީ ކައުންސިލްގެ ތަކެތީގެ ސްޓޮކް އަޕްޑޭޓްކޮށް ބަލަހައްޓާފައި ނުވާކަން ފާހަގަ ކޮށްފައިވާއިރު މުވައްޒަފުންގެ ހާޒިރީ ރެކޯޑްވެސް ތިމަރަފުށީ ކައުންސިލުން ރަނގަޅަށް ނުބަލަހައްޓާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

އަދި މުވައްޒަފުންގެ މައުލޫމަތު ފައިލްވެސް ތިމަރަފުށީ ކައުންސިލުން ނުބަލަހައްޓާކަމަށާއި މާލިއްޔަތު ގާނޫނާއި ހިލާފަށް ހަރަދުކޮށްފައި ވުމާއި، ކައުންސިލް މެމްބަރުންގެ އާމްދަނީއާއި ވިޔަފާރީގެ ގުޅުންތަކުގެ މައުލޫމާތު ކައުންސިލް އިދާރާއަށް ހުށަހަޅާފައި ނުވުމާއި، އަތޮޅު ކައުންސިލަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވާފައި ނުވުމާއި، ކައުންސިލްގެ އާއްމު ބައްދަލުވުންތައްވެސް ގަވާއިދުން ނުބާއްވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ރައްޔިތުންނަށް މައުލޫމަތު ދިނުމަށް އާއްމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ބައްދަލުވުންވެސް ތިމަރަފުށީ ކައުންސިލުން ނުބާއްވާކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ކަންކަންވެސް ގަވާއިދާ އެއްގޮތަށް ކުރިއަށް ނުގެންދާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

ތިމަރަފުށީ ކައުންސިލްގެ 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވާއިރު، މިހާރު ހިނގަމުންދަނީ އޭގެ ފަހުން 2021 ވަނަ އަހަރު އޭޕްރީލްގައި އަލަށް އިންތިހާބުވި ކައުންސިލަރުންގެ ދައުރެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

0%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް