ads
ވޯލްޑް ރެކޯޑު
ޝައިތާނަކަށް ވާން ބޮލުގައި ދަޅުފެޅުވި މީހާ ވޯލްޑް ރެކޯޑު ފޮތުންޖާގަ ހޯދައިފި
ޝައިތާނަކަށް ވާންކަމަށް ބުނެ ބޮލުގައި އެންމެ ގިނަ ދަޅުފެޅުވި "ހިއުމަން ސަޓަން" ނަމުން މަޝްހޫރު މީހަކު ދުނިޔޭގެ ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
Advertisement

އޭނާ ހަދާފައިވަނީ ބޮލެއްގައި އެންމެ ގިނައިން އިމްޕްލާންޓް ހެދުމުގެ ރެކޯޑެވެ. ޖުމްލަ 33 ބަދަލު ގެނެސްފައިވާ އުމުރުން 47 އަހަރުގެ މިޝެލް ޑިއާބާއޯ ޕްރަޑޯ، ވަނީ "ބޮލުގައި އެންމެ ގިނައިން ދަޅުފެޅުވި މީހާ" ގެ ދުނިޔޭގެ ރެކޯޑް ހަދާފައެވެ.

ޓެޓޫ އާޓިސްޓް ބުނާ ގޮތުގައި އޭނާ ގިނިސް ވޯލްޑް ރެކޯޑްސް އަށް ވަދެފައިވަނީ އެފަދަ 18 އިމްޕްލާންޓަރުންނާއި ވާދަކޮށްގެނެވެ. 

އެ ތަޖުރިބާއާ ބެހޭ ގޮތުން އޭނާގެ އުފަން ގައުމު ބްރެޒިލްގެ މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ބުނީ "އެއީ ވަރަށް ހާއްސަ އަދި ކެތްތެރިކަމާއި ބުރަ މަސައްކަތް ވެސް ބޭނުންވާކަމެއް. ގިނިސް އަށް ވަދެ ޔޫރަޕަށް ދިއުމަކީ ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔަ ކަމެއް" ކަމަށެވެ.

ޝައިތާނަކަށް ވާން ބޭނުންވާ މި މީހާ ވަނީ،  އޭނާގެ ކަންފަތާއި ނޭފަތާއި ނިއްކުރީގެ ބައެއް އަދި ކަނާތު ޝަހާދު އިނގިލި ބުރިކޮށްލާފައެވެ. އޭނާ ވަނީ އެނާގެ ހަށިގަނޑުން ވަކިކުރި ބައެއް ގުނަވަންތައް ކާލާފައެވެ.

ލޮލުގެ ކަޅި ހިމެނޭ ގޮތަށް ހަށިގަނޑުގެ 80 ޕަސެންޓަށް ވުރެ ގިނަ ބައިގައި ވަނީ ޓެޓޫ ޖަހާފައެވެ. 

މިޝެލް ޑިއާބާއޯ ޕްރަޑޯ އަންނަނީ އިތުރު ވޯލްޑް ރެކޯޑެއްވެސް ހެދުމަށް ތައްޔާރުވަމުންނެވެ. އެއީ ދުނިޔޭގައި އެންމެ ގިނަ ބަދަލު ހަށިގަނޑަށް ގެނައި މީހާގެ ރެކޯޑެވެ. 

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
86%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް