ads
ޝާޒް މެންބަރުކަމުގެ ހުވާ ކުރައްވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ޝާޒް ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެންބަރު އިބްރާހިމް ޝާޒް މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި އެވެ.

ޝާޒް މެންބަރުކަމުގެ ހުވާ ކުރައްވާފައިވަނީ މިއަދު 10:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާޒިރުގައި ޝާޒްއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝަތު ސުޖޫން އެވެ.

ޝާޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުު އެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ޝާޒް ކާމިޔާބު ކުރައްވާފައިވަނީ 1،346 ވޯޓުންނެވެ. 

ޝާޒްއާއި ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރިން މިދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއަށް ލިބިވަޑައިގެންނެވީ 1،226 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފުއަށް ލިބިވަޑައިގަތީ 122 ވޯޓެވެ. 

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3،423 މީހުންނަށް ލިބިފައިވާއިރު ވޯޓުލާފައިވަނީ 2،755 މީހުންނެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް