ads
ސަރުކާރުގެ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަހުމީ، އަރިހުގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުއާޒު
ފަށާފައިވާ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށްދާނެ، ސަރުކާރު ފައިސާދޭން ފަށައިފި: ފަހުމީ
އެމްޑަބްލިއުއެސްސީއިން ފަށާފައިވާ 31 ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އެ ޕްރޮޖެކްޓުތަކަށް ސަރުކާރުން ފައިސާދޭން ފަށާފައިވާ ކަމަށް އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
Advertisement

ނޫސްވެރިންނާ ބައްދަލުކޮށް ފަހުމީ ވިދާޅުވީ އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫތައް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީން ދެއްވާ ކަމުގައި އެވެ. 

ފަހުމީ ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދަނީ ފ. ނިލަންދޫގެ ފެނާ ނަރުދަމާގެ މަޝްރޫއު ކަމަށެވެ. އެ ރަށުގެ ނަރުދަމާގެ ހާލަތު ބަޔާންކޮށް ފަހުމީ ވިދާޅުވީ އެ ރަށަކީ ކިރިޔާ ވާރޭކޮޅެއް ވެހިލާއިރަށް ވެސް ނަޖިސް އަރަމުންދާ ރަށެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީއިން އަންނަނީ ފެނާ ނަރުދަމާގެ 31 މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ގއ. ގެމަނަފުށީ ނަރުދަމާގެ ނިޒާމާއި ރ. ދުވާފަރު ފެނާ ނަރުދަމާގެ ނިޒާމުގެ އިތުރުން އައްޑޫ ސިޓީ ފޭދޫގައި ހިއްކާފައިވާ ސަރަހައްދުގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ހިމެނެ އެވެ. މީގެ އިތުރުން ބައެއް ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރަށްރަށުގައި ޕްރޮޖެކްޓުތައް ހުއްޓިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އަދި މިދިޔަ ސަރުކާރުން ފަށާފައި ހުރި ގިނަ ޕްރޮޖެކްޓުތަކެއް ހުއްޓިފައިވާ ކަމަށް ބުނެ، އެމްޑީޕީން ވެސް ވަނީ ނުރުހުންފާޅުކޮށްފަ އެވެ.

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތް ކުރުމަށް ހަދަންޖެހޭ ސާވޭ ގާތްގަޑަކަށް ނިމިފައިވާކަމަށް ވެސް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ފަހުމީ ވަނީ ވިދާޅުވެފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް