އަލިފުށި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. އެ ކުންފުނިން ފުރަތަމަ ފަށާފައިވަނީ އެއާޕޯޓުގައި ގާއިމުކުރަން ޖެހޭ އަލިފާން ނިއްވާ އިމާރާތުގެ މަސައްކަތެވެ. އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ އެ އިމާރާތުގެ ފުރާޅާ ގުޅުންހުރި މަސައްކަތްތައް ކަމަށެވެ.
އަލިފުށި ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 2،871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ނިންމާފައެވެ.
އަލިފުށި ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 426.05 މިލިއަން ރުފިޔާއަށް 750 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް އެއާޕޯޓުގެ މަސައްކަތް ނިންމުން ކަމުގައެވެ.