ads
ތާރާ ސުތާރިއާ
ތާރާ ރާއްޖޭގައި "ހުޅު ރޯކޮށްލައިފި" ކަމަށް ރިޕޯޓުކޮށްފި
ބޮލީވުޑްގެ މަޝްހޫރު ތަރި ތާރާ ސުތާރިއާ ރާއްޖެއަށް ޗުއްޓީއަށް އައިސް ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓީތަކުން "ރާއްޖޭގައި ހުޅު ރޯކޮށްލައިފި" ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
Advertisement

މިގޮތުން ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ "އައިއެން ޑަބްލިއު ބަޒް" ގައި ރިޕޯޓުކޮށްފައިވާގޮތުން ތާރާ ރާއްޖެއައިސް ދޫކޮށްލި ފޮޓޯތަކުގެ ސަބަބުން އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ވަނީ ރާއްޖޭގެ މަގުބޫލުކަން އިތުރުވެފައެވެ. 

އިންޑިއާގެ ބޮލީބުޑު ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން "މޯލްޑިވްސް" ގެ ހޭޝްޓެގް ވެސް އިންޑިއާގައި މިއަދު އަނެއްކާވެސް ޓްރެންޑުވާން ވެސް ފަށާފައެވެ. 

މީގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ ބޭނުންވާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވާނެކަމަށް ބެލެވެއެވެ. 

ތާރާ ސުތާރިއާ މީގެ ކުރިން "އެކް ވިލަން 2" ގައި ޖޯން އަބްރަހަމް، އަރްޖުން ކަޕޫރު އަދި ދިޝާ ޕަޓާނީ ފަދަ ތަރިންނާ އެކު ވަނީ ފެނިގެން ގޮސްފައެވެ. ގިނަބައެއްގެ ތަރުހީބު އެ ފިލްމަށްފަހު ތާރާއަށް ލިބުނެވެ. 

ތާރާ ރާއްޖެ އައިސްފައިވަނީ މި ނިމުނު ހަފްތާގެ ތެރޭގައި ކަމަށް ބެލެވެއެވެ. އަދި އެނާ ހުރީ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައެވެ. 

އިންޑިއާގައި ރާއްޖެ އިސްތިހާރު ކުރުމަށް ހާއްސަ ކެމްޕޭނެއް:

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ތްރިލޯފިލިއާ އާއެކު ޑިޖިޓަލް މާކެޓިން ކެމްޕެއިނެއް ވަނީ މި މަހު އެއް ވަނަ ދުވަހު ފަށާފައެވެ.

އެމްއެމްޕީއާރުސީން ބުނެފައިވަނީ މި ހިނގާ އޭޕްރީލް  މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިނުގެ މަގުސަދަކީ އިންޑިއާ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން ކަމަށެވެ. އަދި އަގުހެޔޮ ޗުއްޓީ ޕެކޭޖްތަކަށް އަލިއަޅުވާލާ، ރާއްޖޭން ލިބެންހުރި ތަފާތު ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކޮށް، އިންޑިއާ އާއި ކައިރި ފަސޭހައިން ދަތުރުކުރެވޭ 'ޝޯޓް-ހޯލް' މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

67%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް