ads
ސަން ސިޔާމް އަދި ރައީސް ޔާމީން
މަނީ ލޯންޑްރިންއަށް ސަން ކުންފުނިން އިންކާރުކޮށްފި
ރ. ފުއްގިރި މައްސަލާގައި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މަނީ ލޯންޑްރިންގެ ދައުވާ އަށް އެ ކުންފުނިން އިންކާރުކޮށްފިއެވެ.

ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމެންޓް މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ މައްސަލައަށް އެ ކުންފުނިން އިންކާރު ކުރީ، އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު އޮތް ޝަރީއަތުގައެވެ.

މައްސަލައިގައި މިއަދު އޮތީ އިބްތިތާއީ ބަޔާން ހުށަހެޅުމެވެ. މިއަދުގެ ޝަރީއަތުގައި އިބްތިތާއީ ބަޔާން އިއްވަމުން ސަން އިންވެސްޓްމަންޓްގެ ވަކީލް ވިދާޅުވީ، މަނީ ލޯންޑްރިންގެ ކުށުގެ އުންސުރުތައް އެ މައްސަލާގައި ފުރިހަމަ ނުވާކަމަށާއި ސަން އިންވެސްޓްމަންޓުން ކުރި އަމަލާއި މަނީ ލޯންޑްރިންގެ ކުށަކާ ގުޅުވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. ފުއްގިރި މައްސަލާގައި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެހެން ފަރާތަކަށް ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަބޫލު ކުރެއްވި އެއް މިލިއަން ޑޮލަރު ސަން އިންވެސްޓްމަންޓް ކުންފުނިން ލޯންޑާ ކޮށްދިން ކަމަށް ބުނެ އެވެ.

ސަން ކުންފުނީގެ ވަކީލު ވިދާޅުވީ ދައުވާގައި ހިމެނޭ ހުރިހާ ކަމަކަށް އެ ކުންފުނިން އިންކާރުކުރާ ކަމަށެވެ. އަދި ދައުލަތުން އެ މައްސަލާގައި ހުށަހެޅި ބައެއް ލިޔުންތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ވެސް ވަކީލް އެދިވަޑައިގަތެވެ.

އެ މައްސަލާގައި ދެން އޮންނާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. 

ފުއްގިރި މައްސަލާގައި ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންޖިނިއަރިން ކުންފުނީގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް