ކޮކާ-ކޯލާއިން ބުނީ މި ހަރަކާތުގެ ތެރެއިން، ކޮކާ-ކޯލާގެ ތިން އުފެއްދުމެއްގެ ތެރެއިން ކޯކް ޒީރޯ އަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް އިންފްލުއެންސަރުންނާ ހަވާލުކުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮކާ-ކޯލާ އޮރިޖިނަލް ޓޭސްޓް، ކޮކާ-ކޯލާ ޒީރޯ ޝުގާގެ އިތުރުން ޑައިޓް ކޯކް ކަަމަށް ކޮކާ-ކޯލާއިން ބުނެއެވެ.
ކޮކާ-ކޯލާއިން ބުނެފައިވަނީ މި ހަރަކާތަކީ ކޯކް ޒީރޯގެ މީރު ރަހަ ދައްކާލުމުގެ އިތުރަށް، "މިއީ އެންމެ ރަނގަޅު ކޯކް ހެއްޔެވެ؟" މި ސުވާލު ހިތާހިތާ ކޮށްލަން ފުރުސަތު ދިނުމަށް އިންތިޒާމްކުރި ހަރަކާތެއް ކަަމަށެވެ. ހަމަ އެއާ އެކު، ރާއްޖޭގައި ލިބެން ހުރި ކޮކާ-ކޯލާގެ ތަފާތު ބާވަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ހަރަކާތުގެ ބޭނުމެއް ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނި ގޮތުގައި މަޝްހޫރު އިންފްލުއެންސަރުންނާ ގުޅިގެން ކޮކާ-ކޯލާ މޯލްޑިވްސްއިން ވަނީ ކާމިޔާބުކަމާ އެކު ގިނަ ބަޔަކާ ހަމައަށް ވާސިލުވެ، 'ޒީރޯ ޗެލެންޖަށް' ބޮޑު ޝައުގުވެރިކަމެއް އުފައްދާފައި ކަމުގައެވެ.
ކޮކާ-ކޯލާ މޯލްޑިވްސްގެ އަމާޒަކީ އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް އިންފްލުއެންސަ މާކެޓިން އަދި ކަސްޓަމަރުންގެ ބައިވެރިވުމާ އެކު ހިންގޭ ހަރަކާތްތަކުގެ ބޭނުން ހިފައިގެން ކުރިއަށް ގެންދިއުން ކަމަށް ކޮކާ-ކޯލާ އިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނީ މި 'ބްލައިންޑް ޓޭސްޓް ޓެސްޓް' އަކީ ކޮކާ-ކޯލާ މޯލްޑިވްސްގެ ތަފާތު ބުއިންތަކުގެ ތަފާތު ރަހަތަކާއި ސިފަތައް ދައްކުވައިދިނުމަށް ރޭވިފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ޓެސްޓް ކަމަށެވެ.
ކަސްޓަމަރުންގެ މެދުގައި ހިތްގައިމު ތަޖުރިބާތަކެއް ހޯދައިދިނުމާ އެކު، ކޮކާ-ކޯލާ މޯލްޑިވްސްއިން އަންނަނީ އެ ކުންފުނީގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ބެލުންތެރިންނާ ބަދަހި ގުޅުމެއް އުފައްދަން މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި ކޮކާ-ކޯލާ މޯލްޑިވްސްގެ ފަރާތުން މިފަދަ އިތުރު ހިތްގައިމު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.
ޒީރޯ ޗެލެންޖާއި ކޮކާ-ކޯލާ މޯލްޑިވްސްގެ ހިތްގައިމު ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އިންސްޓަގްރާމާއި ފޭސްބުކްގައި @CocaColaMaldives ފޮލޯ ކުރުމަށް ކޮކާ-ކޯލާއިން އެދެއެވެ.
ކޮކާ-ކޯލާއިން ބުނެފައިވަނީ ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވެފައިވާ ކަމަށެެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފައި ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނި ގޮތުގައި އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށް ގެންދާ ކަމުގައެވެ.