ads
ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނެގުން --
ކޮވިޑު އިތުރުވަނީ، ފިޔަވަޅު އަޅަން ޖެހިދާނެ: އެޗްޕީއޭ
ރާއްޖޭގައި ހިމަ ބިހި އަދި ކޮވިޑް ކޭސްތައް އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ )އިން އިލްތިމާސް ކޮށްފިއެވެ.
Advertisement

މިވަގުތު އަދި ނުރައްކާތެރި ހާލަތަކަށް އަދި ގޮސްފައި ނުވި ނަމަވެސް ދުވަހަކަށް ވުރެ ދުވަހެއް ކޮވިޑް ކޭސްތައް ގިނަ ވަމުން ދާ ކަމުގައި އެޗްޕީއޭ އިން ސީއެންއެމްއަށް ދިން އެކްސްކުލޫސިވް އިންޓަވިއުގައި ބުންޏެވެ. 

އެޗްޕީއޭއިން ބުނީ މިހާރު އޮތް ހާލަތަށް ބަދަލު އައިސް ކޭސްތައް އިތުރު ވަމުންދާ ނަމަ ފިޔަވަޅުތައް އިތުރު ކުރަން ޖެހިދާނެ ކަމަށެވެ. 

އަދި އެފަދަ ގޮތަކަށް ކަމެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އާއްމުންނާއި އެކަން ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށްވެސް އެޗްޕީއޭއިން ސީއެންއެމްއާ ވާހަކަ ދައްކަމުން ބުންޏެވެ.  

އާބާދީ ގެ ބޮޑު އިންސައްތައަކީ ކޮވިޑް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ކަމަށް ވީނަމަވެސް، ބޫސްޓަރ ޑޯޒްތައް ހަމަ ކުރައްވާ ފައިވާ ފަރާތްތައް މަދުކަމަށް އެޗްޕީއޭގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސާ މަފާޒާ އަހްމަދު ފާހަގަ ކުރެއްވި އެވެ. 

ހަމަ މިއާއި އެކު ހިމަބިހި ނުވަތަ މީސްލްސް ކޭސްތަކަށް އަލިއަޅުވާލަމުން މަފާޒާ ވިދާޅުވި ގޮތުގައި "އާބާދީގެ ބޮޑުބައެއް ވެކްސިން ޖަހާފައި ވީނަމަވެސް ކޮންމެވެސް ސިއްހީ ސަބަބަކާއި ހުރެ ވެކްސިން ނުޖެހޭ ފަރާތްތަކާއި އެއްވެސް ސަބަބެއް ނެތި ވެކްސިން ނުޖަހާ ތިބި ފަރާތްތައް ރާއްޖޭގައި އެބަތިބި،" ކަމަށެވެ.

އިތުރު މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ސީނިއާ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަ ފާތިމަތު ފައުޒާ އިބްރާހީމް ވިދާޅުވީ މީސްލްސް ކޭސްތައް ދޭތެރޭ ދޭތެރެއިން ފެންނަމުން ދާކަމަށާއި އެއީ ރާއްޖެއިން ބޭރުން އިމްޕޯޓްވާ ކޭސްތަކެއް ކަމަށެވެ. 

ކޮވިޑާއި މީސްލްސް އިން ރައްކާތެރި ވުމަށް ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަށާއި ގިނައިން އަތް ދޮވެ މާސްކް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް