ads
ހިންމަފުށި ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދެމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި - ފޮޓޯ:ސްޓެލްކޯ
ހިންމަފުށި ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދެނީ
ކ. ހިންމަފުށި ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފަރާތުން ހައްލުކޮށްދެމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެެވެ.

ސްޓެލްކޯއިން ބުނީ ހިންމަފުށީ ސްކޫލުގެ އެދުމުގެ މަތިން، އެ ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ ގިނަ މައްސަލަތަކެއް އެ ރަށު އިންޖީނުގޭގެ މުވައްޒަފުން ދަނީ ހައްލުކޮށްދެމުން ކަމަށެވެ. އެގޮތުން ކޮމްޕިއުޓަ ލެބާއި ސްޓާފް ރޫމުގެ މައްސަލަ ޖެހިފައިވާ ލައިޓުތައް ރަނގަޅު ކޮށްދިނުމުގެ އިތުރުން ވަޔަރިންގެ ބައެއް މައްސަލަތައް ހައްލުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ސްޓެލްކޯއިން ބުނެފައިވަނީ އެ ރަށު އިންޖީނުގޭގެ ފަރާތުން ރަށު ސްކޫލަށް ލެޑް ލައިޓްތަކެއް ހަދިޔާކޮށްފައިވާ ކަމަށެވެ.

މި މަހުގެ ތެރޭގައި ހިންމަފުށި އިންޖީނުގޭގެ މުވައްޒަފުން ވަނީ އެ ރަށު ސްކޫލުގެ އެދުމުގެ މަތިން، އެ ސްކޫލުގައި އޯލެވެލް އިމްތިހާނުގެ ޕޭޕަރުތައް ރައްކާ ކުރާ ސެކިއުރިޓީ ރޫމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީފައި ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

your imageހިންމަފުށި ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދެމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި - ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯ ހިންމަފުށި އިންޖީނުގޭގެ މުވައްޒަފުން ކުރި މި މަސައްކަތުގެ އިތުރުން އެ ކުންފުނިން ހިދުމަތް ދެމުން ގެންދާ ބައެއް ރަށްރަށުގެ އިންޖީނުގެތަކުގެ މުވައްޒަފުން ދަނީ އެ ރަށްރަށުގެ މުއައްސަސާތަކުން އެދޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް 75 އަހަރު ފުރުމާއި ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށްޓަކައި އދ. ދިއްދޫ ހެލްތު ސެންޓަރުގެ އެދުމުގެ މަތިން އެ ސެންޓަރު ދިއްލާލުމަށް އެ ރަށު އިންޖީނުގޭގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ރަށްރަށުގެ މުއައްސަސާތަކުން އެދޭ ކަންކަމުގެ އިތުރުން އެ ރަށްރަށުގައި ކުރިއަށް ގެންދާ އިޖުތިމާއީ އެކި މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް