އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި އާއްމު ދުވަހެއްގައިވެސް ކަލު ގޮޅިތަކުގެ ހޫނު މިން މަތިކަމަށެވެ.
އެހެންކަމުން މިދުވަސްވަރު އާދަޔާއި ހިލާފަށް ހޫނުވަމުން ދާއިރު ހޫނުމިން މަތިވަމުންދާ މިންވަރަށް ރިއާޔަތްކޮށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްއާރުސީއެމުން އިލްތިމާސް ކުރެއެވެ.
އަދި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ގޮޅިތައް އިތުރަށް ހޫނުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ވެސް އެކޮމިޝަނުން ގޮވާލާފައި ވެއެވެ.
މި ދުވަސް ވަރު ހޫނު ގަދަވެ ބައެއް ދުވަސް ދުވަހު އިހްސާސް ކުރެވޭ ހޫނުމިން 44 ޑިގްރީއަށް ވުރެ މައްޗަށް ގޮސްފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ.