އުމުރުން އެންމެ 18 އަހަރުގެ ގަނާޗޯއަކީ ޔުނައިޓެޑުގައި މިހާރު މުހިއްމު ކުޅުންތެރިއެކެވެ. ގަނާޗޯ އަކީ އެތްލެޓިކޯ މެޑްރިޑުން ޔުނައިޓެޑަށް ގެނައި ޒުވާން ކުޅުންތެރިއެކެވެ.
އާ ކޮންޓްރެކްޓްގައި ސޮއިކޮށް މިއަދު އެކަން އާއްމު ކޮށްފައިވެއެވެ. ގަނާޗޯ ވަނީ ޔުނައިޓެޑަށް ކުޅުނު 31 މެޗުގައި ފަސް ގޯލު ޖަހައި އަދި ހަ ގޯލަކަށް އެސިސްޓްކޮށްދީފައިވެއެވެ.
ޔުނައިޓެޑުގެ ކޮންޓްރެކްޓް ގަނާޗޯ މި އާކުރީ، އަންނަ މަހު އާޖެންޓީނާގައި ފަށާ 20 އަހަރުން ދަށުގެ ވޯލްޑްކަޕުގައި ގައުމީ ޓީމަށް ކުޅުވަން ގަނާޗޯ ބޭނުންވެފައި އާޖެންޓީނާއިން ވަނިކޮށެވެ.
ރިޕޯޓްތައް ބުނާ ގޮތުން 20 އަހަރުން ދަށުގެ ވޯލްޑްކަޕުގައި ކުޅެން ގަނާޗޯ ދުލެއް ނުކުރާނެއެވެ. މިކަމާމެދު އާޖެންޓީނާގެ ކޯޗު ހާވިއާ މަޝެރާނޯއާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެންހަގްވަޏީ މަޝްވަރާ ކުރެވިފައެވެ