ads
މަރުވެފައިވާ ދޫނިތަކެއް
މަރުވެފައިވާ ދޫނިތަކަށް އުދުހެވޭނެ ގޮތެއް ހޯދައިފި
މަރުވެފައިވާ ދޫނިތަކަށް އުދުހެވޭނެ ގޮތެއް ސައިންސުވެރިން ހޯދައިފިއެވެ.

މިގޮތުން އެމެރިކާގެ ނިއު މެކްސިކޯގެ ސައިންސްވެރިން ވަނީ މަރުވެފައިވާ ދޫނިތަކަށް އާ ދިރުމެއް ދިނުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

ނިއު މެކްސިކޯ އިންސްޓިޓިއުޓް އޮފް މައިން އެންޑް ޓެކްނޮލޮޖީގެ ޓީމަކުން ޓެކްސީޑާމީ މެދުވެރިކޮށް ރައްކާތެރިކޮށް ކުނިނުވާގޮތައް ހަދާފައިވާ ދޫނިތައް ނަގައި ޑްރޯންތަކަށް ބަދަލު ކުރަމަށްފަހު މިހާރު ކުރިއަށް ދަނީ އުދުހުން ދިރާސާ ކުރުމުގެ މަރުހަލާއެވެ. 

މި މަޝްރޫއު އިސްކޮށް ހަރަކާތްތެރިވާ މެކޭނިކަލް އިންޖިނިއަރިންގެ ޕްރޮފެސަރެއް ކަމަށްވާ ޑރ.މުސްތަފާ ހަސަނަލިއަން ވިދާޅުވެފައި ވަނީ އާޓިފިޝަލް، މެކޭނިކަލް ދޫނިތަކުން އޭނާ ހޯދަން ބޭނުންވާ ނަތީޖާ ކޮންމެވެސް މިންވަރަކަށް ހާސިލްވަމުން އަންނަކަމަށެވެ. ނަމަވެސް އަދިވެސް މަސައްކަތުގެ ބޮޑުބައި އޮތީ ކުރިއަށްކަން އޭނާ ފާހަގަކުރިއެވެ. 

"އަޅުގަނޑުމެންނަށް މި ހިޔާލު އުފެދުނީ މަރުވެފައިވާ ދޫނިތައް ބޭނުންކޮށްގެން އެ ދޫނިތައް (ޑްރޯނަކަށް) ހަދައިދެވޭނެ ކަމަށް، ރިވަރސް އިންޖިނިއަރިން ކުރަނީ." ޑރ. މުސްތަފާ ވިދާޅުވިއެވެ.

ޓެކްސީޑާމީ ބާޑް ޑްރޯން - މިހާރު ޔުނިވާސިޓީގައި އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ ކޭޖެއްގައި ޓެސްޓް ކުރަމުންދާ ޕްރޮޖެކްޓުގެ ސަބަބުން ގިނަ އަދަދެއްގެ ޖަނަވާރުތައް އުފެދުމާއި އުދުހުމުގެ އުސޫލު ރަނގަޅަށް ދެނެގަނެވޭނެ އެވެ. އެއީ އަނެއްކާވެސް އޭވިއޭޝަން އިންޑަސްޓްރީއަށް ވެސް ލިބޭނެކުރިއެރުމެއް ކަމަށް ހަސަނަލިއަން ވިދާޅުވި އެވެ.

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް