ads
ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން. -- ފޮޓޯ: ރައީސް އޮފީސް
ދެކުނުގެ ކަނޑުތައް ހިމާޔަތްކުރަން ސަރުކާރަށް ބާރު ލިބިއްޖެ: ޑރ. ހުސެއިން
މޮރިޝަސްއާއި ރާއްޖޭގެ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމުގެ ސަބަބުން ދެކުނުގެ މަސްކަނޑުތައް ހިމާޔަތް ކުރުމަށް މިހާރު ދިވެހި ސަރުކާރަށް މަސައްކަތް ކުރުމުގެ ބާރު ލިބިއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު ހުސެއިން ރަޝީދު މިހެން ވިދާޅުވެފައިވަނީ ރާއްޖެއާއި މޮރިޝަސްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖެއަށް ލިބުނު ކާމިޔާބާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިވެ އދ. ގެ ގަރާރުތަކާއި އެއްގޮތަށް ރާއްޖޭގެ ސަރަހައްދު އަނޑައެޅިގެން ދިޔުމަކީ ރާއްޖެއަށް ލިބުނު ތާރީހީ ކުރިއެރުމެއް ކަމަށެވެ. 

މީގެ ކުރިން ދެކުނުގެ ކަނޑުގެ ސަރަހައްދުގައި އޮންނަނީ ސިޔާސީ ސަރަހައްދެއްގެ ގޮތުގައިކަމަށާއި ރާއްޖޭގެ ދެކުނުގެ ކަނޑުތަކުން މަސްވެރިކަންކޮށްގެން ބޭރުގެ އުޅަނދުތައް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ހުރަސްކޮށް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަށް ނިކުންނަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

އެގޮތުން އިން ކަނޑައެޅުމުގެ ކުރިން ރާއްޖެއަށް ލިބިފައިވާ 12 މޭލު ހުރަސްކޮށް ބޭރަށް ދިއުމުން އެފަރާތްތަކަށް ފިޔަވަޅުއެޅުމަށް ކުރެވޭނެ އެއްވެސް ކަމެއް މީގެކުރިން ދިވެހި ސަރުކާރަކަށް ނޯންނަކަމަށް ހުސެއިން ރަޝީދު ވިދާޅުވި އެވެ. ނަމަވެސް އިޓްލޮސްގެ ނިންމުމާއެކު ދިވެހިންގެ މާކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބާރު ދިވެހިންނަށް ލިބިއްޖެކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ރާއްޖެ މިނިވަންވީތާ މިވީ 58 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކަނޑައެޅިގެން އެދިޔައީ. ބައިނަލްއަޤުވާމީ ކޯޓަކުން ނިންމީ ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަޙައްދަކީ ކޮބައިކަން." - ހުސެއިން ރަޝީދު ހަސަން

މީގެކުރިން ދެކުނުގެ ކަނޑުގެ ސަރަހައްދު ކަނޑަނޭޅި އޮތުމުގެ ސަބަބުން އެސަރަހައްދު ބެލެހެއްޓުމަކީ ގޮންޖެހުން ބޮޑުކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް