ads
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: ފޮޓޯ ރައީސް އޮފީސް
އިސްކަންދިނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަން: ބަންޑާރަ ނައިބް
ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ކަނޑުގެ އިން ވަކިކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯއޮފް ދަ ސީ (އިޓްލޮސްއިން) ނިންމި ނިންމުމުގެ މައްސަލާގައި ރާއްޖެއިން އިސްކަންދިނީ އެންމެމަތީ މަސްލަހަތު ހިމާޔަތް ކުރަން ކަމަށާއި އިޓްލޮސްގެ ނިންމުމާމެދު ހިތް ހަމަ ޖެހޭ ކަމަށް ރާއްޖޭގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
Advertisement

ބަންޑާރަ ނައިބު ރިފްއަތު މިހެން ވިދާޅުވީ ކަނޑުގެ ފުށުއަރައި ސަރަހައްދުގެ ބޮޑު ބައި ރާއްޖެއަށް ލިބޭގޮތަށް އިޓްލޮސްއިން ނިންމި ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

ރާއްޖޭގެ ދެކުނުގެ އިން ކަނޑައެޅިގެން ދިޔުމަކީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަނޑައެޅި ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކުގެ މަތިން ރާއްޖެއަށް އެ ސަރަހައްދުގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެން ދިޔަ ކަމެއްގެ ކަމަށް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ލީޑަޝިޕްގެ ދަށުން ރާއްޖޭގެ ގާނޫނީ ޓީމުން އެންމެ އިސްކަމެއް ދެއްވީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ކަމަށް ރިފްއަތު ވިދާޅުވި އެވެ. އަދި އެކަން ކާމިޔާބު ކުރެވިފައިވާ ކަމަށް އޭނާ ވަނީ ސިފަ ކުރައްވާފަ އެވެ. 

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަކިލޯ މީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަކިލޯމީޓާރު އަދި މޮރީޝަސްއަށް 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެއް ލިބިގެންވާކަމަށް އިޓްލޮސްއިން ނިންމި ނުންމުމަކީ ރާއްޖެއިން ހުށަހެޅި ގޮތް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައިވެސް ވަނީ އިޓްލޮސްއިން ރާއްޖޭގެ ބައުންޑަރީ ކަނޑައެޅުމުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ދެކުނުން ހާއްސަ އިގްތިސޯދީ ސަރަހައްދުގެ އައުޓަ ލިމިޓް ކަނޑައެޅުނީކަމަށް ބުނެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް