ads
މިނިސްޓަރު ފައްޔާޒު އިސްމާއީލް
ރާއްޖެއަށް އަލަށް ލިބުނު ކަނޑުގެ ސަރަހައްދުގައި ކުރެވޭނެ ކަންކަން ބަލަނީ
ރާއްޖޭގެ ދެކުނުގެ ކަނޑުގެ އިން ކަނޑައަޅާ ރާއްޖެއަށް ހާއްސަ އިގްތިސޯދީ ސަރަހައްދު ކަނޑައެޅިގެން ދިއުމާއެކު އެ ސަރަހައްދުގައި ކުރާނެ އިގްތިސޯދީ މައްސަކަތްތައް ބައްލަވާ އެކަންކަން ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

ފައްޔާޒް މިހެން ވިދާޅުވީ ކަނޑުގެ ފުށުއަރައި ސަރަހައްދުގެ ބޮޑު ބައި ރާއްޖެއަށް ލިބޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމި ނިންމުމާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް ލިބުނު ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އިންވަކިކޮށް، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) މިހާތަނަށް ކަނޑައެޅިފައި އޮތީ ރާއްޖޭގެ އުތުރުގައިކަމަށެވެ.

އީއީޒެޑްއަކީ ކޮންމެ ގައުމެއްގެވެސް ކަނޑުގެ ސަރަހައްދުން 200 ނޯޓިކަލް ބޭރާއި ހަމައަށް އެގައުމަކަށް ހާއްސަވެފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި އެ ގައުމެއްގެ ހުއްދަ ނެތި އެއްވެސް މަސައްކަތެއް ނުކުރެވޭނެ އެވެ. 

ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އުތުރާއި ހިލާފަށް ދެކުނުގައި އީއީޒެޑް ކަނޑައެޅިފައި ނުވާތީ ބޭރުގެ މަސް ބޯޓުފަހަރު ދާއަޅައިގެން މަސްވެރިކަން ކުރިޔަސް ކުރެވޭނެ މާބޮޑުކަމެއް ނޯންނަކަމަށެވެ. ނަމަވެސް އިޓްލޮސްގެ ނިންމުމާއެކު އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ރާއްޖެއަށް ލިބުމާއެކު އިތުރު ސަރަހައްދެއްވެސް ލިބިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

"އެއްވެސް އިރެއްގައި 200 މޭލު ކަނޑައެޅިފައެއް ނެތް. އެއީ ވަރަށް ބޮޑު އޮޅުވާލުމެއް. އީއީޒެޑް ކަނޑައެޅިފައި އޮތީ އުތުރުގައި. ދެކުނުގައި 24 މޭލާ ހިސާބަށް އެތާނގައި ދާވެސް އެޅޭ، އަޅަމުންދަނީވެސް. އަޅުގަނޑުމެންނަށް ކުރެވޭނެ ހަމައެއްވެސް ކަމެއް ނެތް. އެކަމަކު ދެން 25 މޭލާ ހިސާބުން ދެން ދަލެއް ނޭޅޭނެ. އަލަށް ރާއްޖެއަށް ބާރު ލިބިގެން މިދިޔައީ އަޅުގަނޑުމެންގެ އީއީޒެޑް ކަނޑައެޅިގެން، އެ އީއީޒެޑްގެ ތެރޭގައި އަޅުގަނޑުމެންގެ ހުއްދަ ނެތި އިގްތިސޯދީ ކަންކަން، މަސް ބޭނުންވިޔަސް ދާ އެޅުންކަމަށްވިޔަސް އެހެންކަމެއްވެސް ކުރެވޭނީ" - ފައްޔާޒް

ފައްޔާޒް ވިދާޅުވީ މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދު ހަމަހަމައަށްބެހި ނަމަ ރާއްޖެއަށް ލިބޭ ސަރަހައްދު ކުޑަ ޗާނެ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ވަކާލާތުކޮށްގެން ހަމަހަމަ މިންވަރަށްވުރެ އިތުރަށް ހޯދަން ކުރި ދައުވާއެއް ކަމަށެވެ. 

ރާއްޖޭގެ 12 މޭލު ބޭރުން އިގްތިސޯދީ މަސައްކަތެއް ކުރަން މި ލިބުނީ އަދި ކިރިޔާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖެއަށް ލިބިފައިވާ އޮތް ތަނަކުން އެއްޗެއް ގެއްލެނީ ނޫން ކަމަށާއި އަލަށް އެއްޗެއް ލިބުނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މީގެ އިތުރުން އަލަށް ރާއްޖެއަށް ލިބުނު ސަރަހައްދުގައި ކުރެވޭނެ އިގްތިސޯދީ މަސައްކަތްތައް ދިރާސާ ކުރައްވާނެ ކަމަށާއި އެ ކަނޑުގެ އަޑީގައި މައުދަނެއް ހުރި ނަމަ އެކަމެއްވެސް ބަލާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް