ads
ނަރުހުންތަކެއް
ސިއްހީ ދާއިރާއިން އިންޓާންޝިޕް އެލެވަންސެއް ދެނީ
ސިއްހީ ދާއިރާގައި އިންޓާންޝިޕްގައި މަސައްކަތް ކުރާ މީހުންނަށް އެލެވަންސްއެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑު ކުރިކަން ރަސްމީކޮށް އިއުލާން ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ސިއްހީ ދާއިރާއިން ތައުލީމް ހާސިލްކޮށްގެން އިންޓާންޝިޕުގައި މަސައްކަތް ކުރާ މީހުންނަށް އެލެވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ. 

މިވަގުތު ރާއްޖޭގައި ސިއްހީ ދާއިރާގެ އިންޓާންޝިޕުގައި މަސައްކަތް ކުރާއިރު އެއްވެސް އާމްދަނީއެއް ނުލިބެ އެވެ.

ރައީސް ސޯލިހު ވިދާޅުވީ އިންޓާންޝިޕުގައި މަސައްކަތް ކުރާ މީހުންނަށް އެލެވަންސެއް ދިނުމަށް ނިންމާފައިވަނީ ސިއްހީ ދާއިރާއިން ދިވެހިން އިތުރަށް ބިނާ ކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. 

"މި ދާއިރާއަށް ދިވެހިން ބިނާ ކުރުމަށް އިތުރަށް ބާރު އެޅުމުގެ ގޮތުން މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަ ކުރާ ބޭފުޅުންނަށް އިންޓާން އެލެވަންސެއް ދިނުމަށް އަޅުގަނޑުމެން ނިންމައިފިން،" - ރައީސް ސޯލިހް

ސިއްހީ ދާއިރާގައި ދިވެހި ފަންނީ މުވައްޒަފުން މަދުކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ މުސާރައަށް ގެނެވޭ ބަދަލާއެކު ދިވެހިންގެ ޝައުގުވެރިކަން މިދާއިރާއަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މާދަމާއިން ފެށިގެން އެ އެލަވަންސް ލިބެން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް