އެގޮތުން އެކި މިނިސްޓްރީތަކުގެ އައިޓީ ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއެކު ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ވިދާޅުވީ ކާރިސާއެއް ދިމާވުމުން ވެސް މަސައްކަތް މެދުނުކެނޑި ކުރިއަށް ދާނެ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެ.
އެފަދަ ގޮތެއް ރޭވުމުގެ މަސައްކަތް ކުރަމުންދާއިރު، ކޮވިޑް-19 އާ ގުޅިގެން ސަރުކާރު އޮފީސްތަކުގައި ފިންގަޕްރިންޓް ޖެހުމުގެ ބަދަލުގައި ކާޑު ނުވަތަ ޓެގް ބޭނުން ކުރަން ވެސް ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެއީ ހަތަރު ބިދޭސީންނެވެ. އަދި 10 މީހަކު ވަނީ ޝައްކު ކުރެވިގެން އެކަހެރިކޮށްފަ އެވެ.