މިމަސައްކަތް ކުރުމަށް ހަވާލުކުރީ ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސަޓަރު އަހުމަދުﷲ ޖަމީލެވެ. އަދި ޑައިނޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަލީއެވެ.
މިއީ ބީއެމްއެލްގެ އިޖުތިމާއީ އާއްމު ޒިންމާގެ ދަށުން ދޭ 2،183،220 ރުފިޔާ އާއި ހެރިޓޭޖް ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
ޑައިނޯއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޤައުމީ ދާރުލްއާސާރުގެ ޝޯކޭސްތައް ތައްޔާރުކުރުމާއި މަލްޓިމީޑިއާ ރޫމް ތައްޔާރު ކުރުމާއި މިއުޒިއަމް ޑިސްޕްލޭ އޭރިއާތަކުގައި ފްލޯ ރަނާ އެޅުމާއި ފާރުގައި ކުލަލުމުގެ މަސައްކަތް ކުރާނެއެވެ.