ads
ކުވައިތުގެ ފުޓްބޯޅަ ޓީމު
ސާފް ޗެމްޕިއަންޝިޕުގައި ކުވައިތު ބައިވެރިވަނީ
ޖޫން މަހު އިންޑިޔާގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުވައިތު ބައިވެރިވާނެ ކަމަށް ސާފުން ބުނެފިއެވެ.
Advertisement

ޖޫން މަހު އިންޑިޔާގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުވައިތު ވާދަކުރާނެކަން ސާފުން މިއަދު ހާމަކޮށްފައިވާއިރު، ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ސައުދީ އަރަބިއްޔާއާ މެލޭޝިއާއަށް ސާފުން ވަނީ ކުރިން ދައުވަތު ފޮނުވާފައެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އެއިން ޓީމެއް ސާފުގައި މި ފަހަރު ވާދަކުރުމުގެ ފުރުސަތު ކުޑައެވެ.

ބެލެވޭ ގޮތުގައި މި ހަފްތާގައި އޮންނަ ސާފުގެ އެކްސްކޯގައި، މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތައް ފައިނަލް ވެގެންދާނެއެވެ. ސައުދީ އަރަބިއްޔާއާ މެލޭޝިޔާއަށް ފޮނުވި ދައުވަތު އެ ފަރާތްތަކުން ގަބޫލު ނުކުރާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފައިވާއިރު ޖޯޑަން އަދި ސިންގަޕޫރަށް ދައުވަތު ފޮނުވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މިއިން އެއްވެސް ކަމަކާ ގުޅޭ ގޮތުން ސާފުން ރަސްމީކޮށް އަދި މީޑިއާގައި ވާހަކަ ނުދައްކައެވެ.

ސާފުގެ އެކްސްކޯއިން މި ފަހަރުގެ ސާފު މުބާރާތުގައި ސަރަހައްދުން ބޭރުގެ ޓީމެއް ބައިވެރިކުރަން ވިސްނުން ގެންގުޅޭކަންވަނީ ހާމަކޮށްފައެވެ، ކުރިން ބައެއް ރިޕޯޓްތައް ބުނީ ތައިލެންޑުން ސާފުގައި މި ފަހަރު ކުޅޭނެ ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ.

އަންނަ ޖޫން މަހުގެ ފަހުކޮޅު، ބެންގަލޫރުގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު ސަރަހައްދުން ބޭރުގެ ޓީމެއް މުބާރާތުގައި ބައިވެރިކުރުވުމަކީ އިންޑިޔާގެ ވިސްނުމެކެވެ. އެކަން ރަސްމީކޮށް އިންޑިޔާއިންވަނީ ހާމަވެސް ކޮށްފައެވެ.

ބެންގަލޫރުގައި އަންނަ ޖޫން މަހު ފަހުކޮޅު ސާފް ޗެމްޕިއަންޝިޕް ބާއްވަން ނިންމާފައިވާއިރު، އިންޑިޔާގެ ވިސްނުން ހުރީ ސަރަހައްދުން ބޭރުން ދެ ޓީމެއް ބައިވެރިކޮށް މުބާރާތުގައި ބައިވެރިވާ ޖުމްލަ ޓީމުގެ އަދަދު އަށެއް ކަމުގައި ހަދާށެވެ. އެއީ ސާކުގެ ހަތް ގައުމުގެ ތެރެއިން ލަންކާ މި ވަގުތު ސަސްޕެންޑްކޮށްފައި އޮތުމުން މުބާރާތުގައި ވާދަކުރާނީ ހަ ޓީމުކަމަށް ވުމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް